ޕްރޮޖެކްޓް ނިމޭވަރަށް ބަޖެޓްގައި ފައިސާ ހިމަނައިދީ- މިނިސްޓަރ މުއްތަލިބު
މިނިސްޓަރ މުއްތަލިބު މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ޕްރޮޖެކްޓް ނިމޭވަރަށް ބަޖެޓްގައި ފައިސާ ހިމަނައިދީ- މިނިސްޓަރ މުއްތަލިބު

36.8 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ސޮއިކޮށްފަ

1 month ago - 11:37
Aug 13, 2024 - 11:58
Advertisement

ޕްރޮޖެކްޓް ނިމޭވަރަށް ބަޖެޓްގައި ފައިސާ ހިމަނައިދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކިބައިން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ.އަބްދުالله މުއްތަލިބު އެދިވަޑައިގެންފިއެވެ.

 

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ދާއިރާތަކިގައި ފަށާފައިހުރި މަޝްރޫއުތަކާ ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ސޮއިކޮށްފައި ހުރި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ އަގު 36.8 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. ސަރވޭގެ މަސައްކަތާއެކު މަސައްކަތް ފެށިފައިހުރި މަޝްރޫއުތަކުގެ އަގަކީ 31.5 ބިލިއަން ރުފިޔާކަން ފާހަގަކުރައްވާ ވިދާޅުވީ ލިބިފައިވަނީ ފަސް މިލިއަނަށްވުރެ ކުޑަ އަދަދެއް ކަމަށެވެ.

 

Advertisement

" އެހެންވީމަ ހަގީގަތުގައި އަޅުގަނޑުމެންނަށް މިގޮތަށް ޕްރިއަޓަރައިޒްކޮށްގެން ނޫން ގޮތަކަށް މަޝްރޫއުތައް ހިންގޭ ގޮތަކަށް ނޫން ބަޖެޓް އޮތީ." މިނިސްޓަރ ވިދާޅުވިއެވެ.

 

މިސާލެއް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދޮންފަނު ފެނުގެ ޚިދުމަތް ގާއިމްކުރަން މިއަހަރުގެ ބަޖެޓްގައި އޮތީ 1.7 މިލިއަން ރުފިޔާ ކަމަށެވެ. އެވަރުގެ އަދަދެއް ޖަހައިގެން މަޝްރޫއު ކުރިއަށް ގެންދާނީ ކިހިނެއްތޯ ވަޒީރު ސުވާލު ކުރެއްވިއެވެ.

މިނިސްޓަރ އެދިވަޑައިގެންނެވީ ކުރިއަށްދާ މަޝްރޫއެއް ނަމަ އެމަޝްރޫއު ކުރިއަށް ގެންދެވޭ ވަރަކަށް ބަޖެޓްގައި ފައިސާ ހިމަނުއްވައިދެއްވުމަށެވެ. އެހެންނޫންމަ ބަޖެޓްގެ އެކި ދިމަދިމާލުން ފައިސާ ނަގައިގެން ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން އުނދަގޫ ހުރަސްތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މިނިސްޓްރީއަށް މަސައްކަތް ކުރެވޭނީ އެމިނިސްޓްރީއަށް ލިބިފައިވާ ލިމިޓްގެ ތެރޭން ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement