ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

2 hours ago - 14:15
Advertisement
Advertisement

ކޮންމެ އަހަރަކުވެސް ފާހަގަކުރާ ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަހަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ހަނދާންކޮށްދޭ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ބައިނަލްއަޤްވާމީ ތެލެސީމީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ދުވަހަކީ ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް އެހީތެރިކަމާއި އެއްބާރުލުން ދޭންޖެހޭކަން ދަސްކޮށްދޭ ދުވަހެއް ކަމަށެވެ. އަދި ބަދަހި ޤައުމެއް ބިނާކުރުމަށްޓަކައި މިފަދަ ކަންކަން ހަނދުމަކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީވެސް އާއިލާގެ މެމްބަރެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށާއި، އެ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ތެލެސީމިއާ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ހިޑެން ނޯ މޯ: ފައިންޑިންގ ދަ އަންޑައިގްނޯސްޑް" އެވެ. މި ޝިއާރުގެ މާނައަކީ "އިތުރަށް ފޮރުވުމެއް ނެތި ބަލި ތަހައްމަލުކުރާ މީހުން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުން" މިއެވެ.


ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މާލޭގައި ހުރި ތެލެސީމިއާ ސެންޓަރު ބައުވެ، ޚިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ 'އޮރެންޖް ހިޔާ' ގައި މިހާރު ވަނީ ޒަމާނީ ތެލެސީމިއާ ސެންޓަރެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ.


މީގެ އިތުރުން، ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށް ދައުލަތުން ދޭ އެހީތެރިކަމުގެ ދަށުން، މަހަކު 2,000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ނިންމައި، އެ އިނާޔަތަށް އެދުމުގެ ފުރުޞަތު މިދިޔަ ޖަނަވަރީ މަހު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement