
ގަޑިއެއްހާއިރުގެ ތެރޭގައި އަލުން ކަރަންޓްގެ ޚިދުމަތް ދީފި
މާލެއާ ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނު ނަމަވެސް, ގަޑިއެއްހާއިރުގެ ތެރޭގައި އަލުން ކަރަންޓް ދީފިއެވެ.
މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް ކެނޑުނީ 12:30 ހށއިރު އެވެ. ސްޓެލްކޯއިން ބުނީ ޚިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. ހުޅުމާލޭގެ ފޭސް 1 އަދި 2 ން ވެސް ކަރަންޓްގެ ޚިދުމަތް ކެނޑުނެވެ. ނަމަވެސް 1:45 ވިއިރު އަލުން ކަރަންޓްގެ ޚިދުމަތް ވަނީ ދީފައވެ.
މިމަހުގެ 9 ވަނަ ދުވަހު މުޅި މާލެ އާއި ހުޅުމާލެއިންވެސް ކަރަންޓްގެ ޚިދުމަތް މެދުކެނޑުނެވެ. އަލުން ޚިދުމަތް ލިބުނީ ތިން ގަޑިއެއްހާއިރު ފަހުންނެވެ.
ރިއެކްޝަންސް






