ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުތައް ރައީސް ދިފާއުކުރައްވައިފި
ރައީސް މުއިއްޒު އަށް ދަރަވަންދޫން މަރުހަބާ ކިޔަނީ: ފޮޓޯ-ރައީސް އޮފީސް

ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުތައް ރައީސް ދިފާއުކުރައްވައިފި

އިސްލާހުތައް ގެންނަނީ ރައްޔިތުން ބާރުވެރިކުރުވަން

6 hours ago - 09:51
Aug 14, 2025 - 09:52
Advertisement
Advertisement

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނެވި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދިފާއުކުރައްވައިފިއެވެ. އެއިސްލާހުތައް ދިފާއުކުރައްވާ ރައީސް ވާހަކަދެއްކެވީ ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ދަރަވަންދޫގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެނިޒާމް އަލިފުން ޔާއަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެނިޒާމްގެ ހުރިހާ މަރުހަލާއެއްގައި އެމަނިކުފާނު އުޅެވަޑައިގެންނެވި ކަން ފާހަގަކުރައްވާ ވިދާޅުވީ, ޤާނޫނަށް ގެންނެވި އިސްލާހުތަކަކީ ރައްޔިތުން ހިމާޔަތް ކުރަން ގެންނެވި އިސްލާހުތަކެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ގެންނަ އިސްލާހުތަކަކީ ރައްޔިތުންގެ ފަޅީގައި ތިއްބަވައިގެން ގެންނަ އިސްލާހުތަކެއް ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ކަމަށް ބައެއް ބޭފުޅުން އެއިސްލާހުތައް 'ލޭބަލް' ކުރަނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކައުންސިލްތައް ހިންގަން ޖެހޭނީ ރައްޔިތުންނަށް ފައިދާ ވާގޮތަށް, ރައްޔިތުން ބާރުވެރި ކުރާ ގޮތަށް. އަޅުގަނޑުމެން އެންމެފަހުން ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން މިހާރު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި އޮތް އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ މުޅިންވެސް މިކަން" ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

އެއް އިސްލާހަކީ ބައެއް ކައުންސިލްތަކުން އުފައްދާފަހުރި ލޯކަލް އޮތޯރިޓީ ކުންފުނުނި ތަކުން ޢާއްމު ފަރުދުން ހިންގާ ކުދިކުދި ވިޔަފާރިތައް ހިންގާތީ ގެންނެވި އިސްލާހެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ކަންމަތީ ފިހާރަ ހިންގުން ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ އެހެން ހެދުމުން ރަށުގެ ޢާއްމު ރައްޔިތުންގެ މުއްސަނދިކަމަށް އޮތް މަގުތަކަށް ހުރަސް އެޅޭ ކަމަށެވެ. ސަރުކާރުން ގެންނެވި އިސްލާހަކީ ރަށްރަށުގެ ކުދި ވިޔަފާރިތަކުން ކުރާ ވިޔަފާރިތައް ކައުންސިލް ކުންފުނިތަކަށް ނުކުރެވޭ ގޮތް ހެދުމަށް ގެނައި އިސްލާހެއް ކަމަށް ވިދާޅުވިއެވެ.

އިސްލާހު އޮތްގޮތުން ލޯކަލް ކައުންސިލްތަކުގެ ކުންފުނިތަކަށް ކުރެވޭނީ މަދުވެގެން 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓްތަކުގެ ވިޔަފާރިއެވެ. ދެވަނަ އިސްލާހެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރައްޔިތުންގެ ޢާއްމު ހިދުމަތް ދިނުމަށް ބޭނުންކުރާ ބިންތަކުން ކުލި ނަގާ މައްސަލަ ހައްލުކުރަން ގެނައި އިސްލާހެވެ. އެފަދަ ބިންތަކުން ކުލި ނެގުމުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ އަގުބޮޑުވާ ކަން ފާހަގަކުރައްވާ ވިދާޅުވީ އެއިސްލާހުގެ ބޭނުމަކީ އެކަން ހުއްޓުވުން ކަމަށެވެ.

ރައީސް ތަކުރާރުކޮށް ވިދާޅުވީ އެއިސްލާހުތަކަކީ ރައްޔިތުން ބާރުވެރިކުރަން ގެނައި އިސްލާހުތަކެއް ކަމަށެވެ. އެއިސްލާހުތައް ރައީސް ދިފާއުކުރެއްވީ ބ.އަތޮޅުގެ ތިން ރަށެއްގެ ކައުންސިލް ރައީސް އެމަނިކުފާނުގެ ކުރިފުޅުމަތީގައި ވާހަކަ ދައްކަވަމުން އެއިސްލާހުތައް އަނބުރާ ގެންދަން ގޮވާލައްވާފައި ވަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement