ދޮންފަނު ބިން ހިއްކުންވެސް އެމްޓީސީސީއާ ހަވާލުކޮށްފި
ދޮންފަނު މަޝްރޫޢުތަކުގައި ސޮއިކުރަނީ: ފޮޓޯ-ކޮންސްޓްރަކްޝަން މިނިސްޓްރީ

ދޮންފަނު ބިން ހިއްކުންވެސް އެމްޓީސީސީއާ ހަވާލުކޮށްފި

8 months ago - 20:49
Aug 13, 2025 - 20:49
Advertisement
Advertisement

ބ.ދޮންފަނު ބިން ހިއްކުންވެސް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ބިން ހިއްކުމުގެ އިތުރުން އެރަށު ބަނދަރު ނެރު ބަދަލުކުރުމާއި, ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢުވެސް ހަވާލުކުރީ އެމްޓީސީސީއާއެވެ.

މި މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ބިންހިއްކައި، ހިއްކާ ބިމުގެ ވަށައިގެން 1229 މީޓަރުގެ ރިވެޓްމަންޓް އަދި 125 މީޓަރުގެ ބްރެކްވޯޓާއެއް ލާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވިއެވެ. ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 25 މީޓަރުގެ 2 ފައިކަށި، 15 މީޓަރުގެ 1 ފައިކަށި ލެވި، ބަނދަރުގައި 42 މީޓަރުގެ ޖެޓީއެއް ލާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓެޔާރޑް) އަހްމަދު ސައުދީ އެވެ. ދޮންފަނުގައި މިއަދު ބޭއްވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement