ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ

40 minutes ago - 15:42
Advertisement
Advertisement

މާލެއިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ، ޢާއިޝަތު އަލްޔާ ޢަލީ ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހާމަކޮށްފިއެވެ.


ފުލުހުން ބުނި ގޮތުގައި، ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ. ނަމަވެސް އެ ކުއްޖާ ފެނުނު ވަގުތާއި ތަނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


އަލްޔާ ގެއްލިގެން ހޯދަން ފަށާފައިވަނީ އިއްޔެ ހަވީރު ގެއިން ދިޔަ ފަހުން އެއްވެސް ޚަބަރެއް ނުވެގެންނެވެ. އެކަމާ ގުޅިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ ހޯދުމަށް ފުލުހުންނާއި އާންމުން ވަނީ މީސްމީޑިއާގައިވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.


މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އާންމުކޮށް މިފަދަ ހާދިސާތަކުގައި ފުލުހުންނަށް މައުލޫމާތު ހިއްސާކުރުމަކީ މީހުން ހޯދުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއްކަން ފުލުހުން ފާހަގަކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement