އަންނަ ހަފްތާގެ ހޯމަ ދުވަހު ބ.އަތޮޅުގައި އާރުޓީއެލް ފަށަނީ
ރ.އަތޮޅުގައި ޚިދުމަތްދޭ ލޯންޗެއް; ފޮޓޯ-އެމްޓީސީސީ

އަންނަ ހަފްތާގެ ހޯމަ ދުވަހު ބ.އަތޮޅުގައި އާރުޓީއެލް ފަށަނީ

1 day ago - 12:57
Jul 24, 2025 - 12:57
Advertisement
Advertisement

އަންނަ ހަފްތާގެ ހޯމަ ދުވަހު ބ.އަތޮޅުގައި އާރުޓީއެލް ފަށާނެކަން ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނުކޮށްފިއެވެ. ޖުލައި މަސް ނިމުމުގެ ކުރިން ބ.އަތޮޅުގެ ރަށްތައް ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރުޓީއެލް) އިން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީން މިއަދު ޢާއްމުކުރި ބަޔާނެއްގައި ބުނީ ބ.އަތޮޅުގައި މިމަހުގެ 28 ވަނަ ދުވަހު ޚިދުމަތް ފަށާ, އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އެއީ ބ.އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް އަހުލުވެރި ކުރުމަށެވެ. ޓިކެޓް ވިއްކައިގެން ދަތުރުތައް ކުރިއަށް ގެންދާނީ އޮގަސްޓް 4 ން ފެށިގެންނެވެ. އާރުޓީއެލް އެޕްލިކޭޝަންގެ އިތުރުން ވެބްސައިޓުންވެސް ޓިކެޓް ނެގެއެވެ.

ބ.އަތޮޅުގައި ޚިދުމަތް ފެށުމުން ޒޯން 2 ގެ ހުރިހާ އަތޮޅެއް ފުރިހަމަވީއެވެ. މިސަރުކާރުން ވަނީ ނ.އަތޮޅާއި ރ.އަތޮޅުގައި ޚިދުމަތް ފަށާފައެވެ. ޅ.އަތޮޅުގައި ޚިދުމަތް ފެށީ މިދިޔަ ސަރުކާރުންނެވެ. ޓްރާންސް ޕޯރޓް މިނިސްޓްރީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޒޯން 2 ގެ ހަތަރު އަތޮޅު އާރުޓީއެލްގެ ނިޒާމުން ގުޅާލާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިހަފްތާގައި މަނަދުއަށް ވަޑައިގެން ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި މަނަދޫން އުނގޫފާރަށް އާރުޓީއެލް ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement
Advertisement

އާރުޓީއެލްގެ ޚިދުމަތް މިހާރު 11 އަތޮޅެއްގައި ވަނީ ފަށާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement