އެމްޑީޕީގެ އަހަރީ ދުވުން ފަސްކޮށްފި
އެމްޑީޕީގެ ދުވުމާ ގުޅޭ މައުލޫމާތު ހިއްސާކުރަނީ: ފޮޓޯ-އެމްޑީޕީ

އެމްޑީޕީގެ އަހަރީ ދުވުން ފަސްކޮށްފި

ދުވުން ދެން އޮންނާނީ އޮގަސްޓް 1 ގައި

1 day ago - 12:48
Jul 24, 2025 - 12:49

 އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވަން އުޅުނު ދުވުން ފަސްކޮށްފިއެވެ.

މާދަމާ ކުރިއަށް ގެންދަން ތައްޔާރުވި ދުވުން ފަސްކުރީ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހަށެވެ. ދުވުން ފަސްކުރި ސަބަބެއްކަމަށް އެމްޑީޕީން ބުނީ އެދުވަހު ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ސެންޓްރަލް ޕާރކް ވަށައިގެން އޮންނަ މަގުގައި ދުވުން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެހުމެވެ.

ކުރިން އެމްޑީޕީން ބުނީ ސެންޓްރަލް ޕާރކްގައި ދުވުން ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން މާލޭގައި, މަޖީދީ މަގުގައި ދުވުން ކުރިއަށް ގެންދާނެ ކަމަށެވެ. 'ރަން ރީނދޫ ދުވުން' މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދަން އެމްޑީޕީން ވަނީ ނިންމާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow