ފެނަކައާ ހަވާލުކޮށްފައިހުރި މަޝްރޫއުތައް ފެންކުންފުންޏަށް ބަދަލުކުރަނީ
މިނިސްޓަރ މުއްތަލިބު މަޖިލިހުގައި މައުލޫމާތު ދެއްވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ފެނަކައާ ހަވާލުކޮށްފައިހުރި މަޝްރޫއުތައް ފެންކުންފުންޏަށް ބަދަލުކުރަނީ

މިމަހުގެ ނިޔަލަށް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުން

1 month ago - 11:15
Aug 13, 2024 - 11:17
Advertisement

ފެނަކައާ ހަވާލުކޮށްގެން ރަށްރަށުގައި ހިންގަން ފަށާފައިވާ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެވުޒާރާގެ މިނިސްޓަރ ޑރ.އަބްދުالله މުއަތްލިބި މިއަދު ރައްޔިތުންގެ މަޖިލިހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެބަދަލު ގެންނަނީ ފެނަކައަކީ ކޮންސްޓްރެކްޓް މަސައްކަތް ހިންގާ ކުންފުންޏަކަށް ނުވާތީ ކަމަށެވެ. ފެނަކައާ މިދިޔަ ސަރުކާރުން ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ފެނަކައާ ހަވާލުކޮށްފައިވާ މަޝްރޫއުތައް މިމަހުގެ ނިޔަލަށް ފެންކުންފުންޏާ ހަވާލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެތެރޭގައި ރަށްރަށުގައި ފަށާފައިހުރި 20 މަޝްރޫއެއް ހިމެނެއެވެ.

 

"ފެނަކައާ ހަވާލުކޮށްފައި ހުރި މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކުރުމަށްފަހު, އެމްޑިބަލިޔުއެސްސީއާ ވާހަކަދައްކައިގެން ޑައިރެކްޓް ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުން" މިނިސްޓަރ ވިދާޅުވިއެވެ.

 

Advertisement

އެއްވެސް ރަށެއްގައި ފަށާފައިވާ މަޝްރޫއެއް ހުއްޓާލައިގެން ސަރުކާރުން ނުތިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement