ގޯތި ލިބުނު މީހަކު ނިޔާވެފައިވާނަމަ ވާރިސުންނަށް އެގޯތި ހަވާލުކުރަނީ
ވާރިސުން ސާބިތުކުރުމަށްފަހު ހުށަހެޅުމުން ސޮއިކުރުމުގެ ކަންކަން ކުރަނީ
މާލެއިން ގޯތި ލިބުނު މީހަކު ނިޔާވެފައިވާނަމަ އެމީހެއްގެ ވާރިސުންނަށް ގޯތި ހަވާލުކުރުމުގެ މަރުހަލާ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ފަށައިފިއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ޢާއްމުކުރި ބަޔާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެޕްލިކަންޓް ނުވަތަ އެޕްލިކަންޓެއް ނިޔާވެފައިވާނަމަ ކޯޓުން ވާރިސުން ސާބިތުކުރުމަށްފަހު ގަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް ހުށަހެޅުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.
ގަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓާއެކު އެޕޮއިންޓްމަންޓަށް އެދެން ޖެހެނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.
ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވީ ގުޅިފަޅުން ގޯތިރައް ހަވާލުކުރެވޭނެ ދުވަހެއް އަދި ނޭންގޭ ކަމަށެވެ. ނަމަވެސް ހުޅުމާލެ ދޭކުން ދޫކޮށްފައިވާ ގޯތިތައް އޮކްޓޯބަރުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށެވެ. ގޯތި ދިން އެންމެންނަށްވެދސް ގޯތި ހަވާލުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެއެވެ.
ރިއެކްޝަންސް