އަންނަ އަހަރު ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅު ތަކުން 6.6 ބިލިއަން ރުފިޔާ ކުޑަކުރަނީ
ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅު ތަކުން އަންނަ އަހަރު 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް 2025 ވަނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓްގައި ބުނެފިއެވެ. ޚަރަދުތައް ކުޑަކުރަން އަޅުއްވާނެ ފިޔަވަޅުތަކެއް ބަޖެޓްގައި ވަނީ ހިމަނުއްވާފައެވެ.
އެގޮތުން ޚަރަދުތައް ކުޑަކުރާ ދާއިރާތަކުގެ ތެރޭގައި ސަބްސިޓީގެ އެހީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ސަބްސިޑީ ފޯރުކޮށްދޭ ނިޒާމަށް ބަދަލުކުރުމާއި, އާސަންދަ ނިޒާމް ހަރުދަނާކޮށް މިހާރަށްވުރެ ވަށާޖެހޭ ފުރިހަމަ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކޮށްގެން ޚަރަދު ކުޑަކުރަން ހިމަނާފައި ވެއެވެ. ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރތިމަތިވާ ފިސްކަލް އަދި އެކްސްޓަރނަލް ސެކްޓަރގެ ހިރާސްތައް ހެޖްކޮށް, އެސްއޯއީތައް ރިފޯމްކޮށްގެންވެސް ޚަރަދުތައް ކުޑަކުރަން ވަނީ ނިންމާފައެވެ. މީގެއިތުރުން ދައުލަތުން ފޯރުކޮށްދޭ ޕެންޝަންތައް ތަކުރާރު ނުވާނެ ގޮތަށް އިސްރާފް ނުވާނެހެން މުރާޖާ ކޮށްގެންވެސް ޚަރަދުތައް ކުޑަކުރެވޭނެކަން ފާހަގަކޮށްފައި ވެއެވެ.
މިއާއެކު އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކުން 4.8 ބިލިއަން ރުފިޔާ ލިބޭނެކަންވެސް އަންނަ އަހަރުގެ ބަޖެޓްގައި ފާހަގަކޮށްފައި ވެއެވެ. އާމްދަނީ އިތުރުވާނެ ދާއިރާތަކުގެ ތެރޭގައި ޓެކްސް ބޮޑުކުރުން ހިމެނެއެވެ. އެގޮތުން ސިގިރޭޓާއި ބިޑިން ނަގާ ޓެކްސް އާއި, އެއަޕޯރޓް ޓެކްހާއި ފީގެ ރޭޓްތައް މަތިކޮށްގެންނާއި, ގްރީން ޓެކުހުގެ ރޭޓް މަތިކޮށްގެންނާއި, ޓީޖީއެސްޓީ ރޭޓް މަތިކޮށްގެން އާމްދަނީ އިތުރުވާ އިތުރުވުން ހިމެނެއެވެ.
މީގެއިތުރުން އަމިއްލަ ފަރާތްތަކުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް ނަގާ ވެލިން ޑްރެޖިންގ ފީއެއް ނެގުމާއި, ޖީއެސްޓީ ނިޒާމްގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒު ކުރުމާއި, ފްރީކްއަންސީ ސްޕެކްޓްރަމް ޗާޖެއް ނަގައިގެންވެސް އާމްދަނީ އިތުރުވާނެކަން ފާހަގަކޮށްފައި ވެއެވެ.
ރިއެކްޝަންސް