ކަރެކްޝަންގެ 18 އޮފިސަރެއްގެ އެކައުންޓަށް 73 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ބަލަން ފަށައިފި

ކަރެކްޝަންގެ 18 އޮފިސަރެއްގެ އެކައުންޓަށް 73 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ބަލަން ފަށައިފި

މިމައްސަލާގައި ހިމެނޭ 6 މީހަކު މިދިޔަ އަހަރު ވަނި ވަޒީފާއިން ވަކިވެފައި: ހޯމް މިނިސްޓަރ އިހުސާން

3 months ago - 18:13
Jun 28, 2024 - 18:20
Advertisement

ކަރެކްޝަންގެ 18 އޮފިސަރެއްގެ އެކައުންޓަށް 73 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް، ހޯމް މިނިސްޓަރ އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

އިސްކަންދަރުކޮށީގައި ހޯމް މިނިސްޓްރީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ، މިމއްސަލައިގެ އޮޕަރޭޝަން ފުލުހުން ފެށީ، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިމައްސަލާގައި ހިމެނެނީ ކަރެކްޝަންގެ ޖޫނިއަރ އޮފިސަރުން ކަމަށާއި އޭގެތެރެއިން ހަ މީހަކު މިދިޔަ އަހަރު ވަނީ ވަޒީފާއިން ވަކިވެފައި ކަމަށެވެ.

"މިމައްސަލާގައި ޝާމިލްވާ މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަން މިރޭ (ރޭ) ފުލުހުން ވަނީ ފަށާފައި. މިހާތަނަށް 8 އޮފިސަރަކު ވަނީ ހައްޔަރުކޮށްފައި،" މިނިސްޓަރ އިހުސާން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި  ވިދާޅުވި އެވެ. "މި އޮޕަރޭޝަނަކީ މިވަގުތު ކުރިއަށްދާ އޮޕްރޭޝަނަކަށް ވުމުން، ތަހުގީގު ކުރިޔަށްދާ މިންވަރަކުން އިތުރު މަޢުލޫމާތު ހާމަކުރާނަން."

Advertisement

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިމައްސަލާގައި ފައިސާ ޖަމާވި މީހުންގެ އިތުރުން، ފައިސާ ޖަމާކުރުމުގައި ހަރަކާތްތެރިވި މީހުންނާ މެދު ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ކަރެކްޝަންގެ 18 އޮފިސަރެއްގެ އެކައުންޓަށް 73 މިލިއަން ރުފިޔާ ޖަމާވެފައި ވަނީ ޖަލުގެ ގައިދީންނަށް މަސްތުވާ ތަކެއްޗާއި ފޯނާއި އެނޫން ވެސް ޖަލައްވެއްދުން މަނާތަކެތި ފޯރުކޮށްދިނުމަށް އެހީތެރިވެދީގެން ކަމަށް ވެސް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އަދި މީގެތެރެއިން އެއްއޮފިސަރެއްގެ އެކައުންޓަށް އެކަނި ވެސް އަހަރެއްގެތެރޭގައި 24 މިލިއަން ރުފިޔާ ޖަމަވެފައިވާ ކަމަށާއި މިފައިސާތައް އެ އޮފިސަރުންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީންގެ އެކައުންޓް ތަކުންކަން ވެސް މިހާތަނަށް ބެލިބެލުމުން އެގޭކަމަށް  ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement