ކްލަބް ވޯލްޑްކަޕުން ނުފެންނާނެކަމަށް ރޮނާލްޑޯ ބުނެފި
ކްރިސްޓިއާނޯ ރޮނާލްޑޯ. އަންނަ ސީޒަނުގައި ފެންުންގާތީ މިހާރުވެސް ކުޅޭ އަލް-ނަޞްރް އިން

ކްލަބް ވޯލްޑްކަޕުން ނުފެންނާނެކަމަށް ރޮނާލްޑޯ ބުނެފި

6 hours ago - 17:32
Jun 7, 2025 - 17:33

މި މަހު 14ގައި ފެށުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްކަޕް އިން އޭނާ ނުފެންނާނެކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ރޮނާލްޑޯ ކްލަބް ވޯލްޑްކަޕުން ފެނުން ގާތްކަމަށް ގިނަ ފަރާތްތަކަަކުން ވާހަކަ ދައްކަމުން ދަނިކޮށް އޭނާ އެކަން ޔަޤީންކޮށްދިނީ ޔުއެފާ ނޭޝަންސް ލީގު ފައިނަލްގައި އާދިއްތަ ދުވަހު ސްޕެއިން އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"އަހަރެން ކްލަބް ވޯލްޑްކަޕްގައި ނުކުޅޭނަން" ރޮނާލްޑޯ ބުނެފައި ވެއެވެ.

ރޮނާލްޑޯ އިތުރަށް ބުނީ ބައެއް ކްލަބްތަކުން އޭނާއަށް ހުށަހެޅުންތައް ލިބުނުކަމަށާއި, ކަމުދާ ހުށަހެޅުންތަކާއި ކަމުނުދާ ހުށަހެޅުންތައްވެސް ހުރި ހަމަށެވެ. އަދި ކޮންމެ ކޮންމެ އެއްޗެއްގެ އަޖުމަ ނުބެލޭނެ ކަމަށާއި ކޮންމެ ބޯޅައެއްގައިވެސް ނުޖެހޭނެ ކަމުގައެވެ.

40 އަހަރުގެ ރޮނާލްޑޯ މިހާރު ކުޅެމުންއަންނަ ސައުދި އެރޭބިއާގެ ކްލަބް އަލް-ނަޞްރު އާއެކު ހަދާފައިވާ އެއްބަސްވުން މި ޖޫންމަހުގެ 30ގައި ހަމަވާނެއެވެ.

Advertisement
Advertisement

މި ސީޒަން ގެ އެންމެ ފަހު މެޗު އަލް-ނަޞްރަށް ކުޅުމަށްފަހު ޓީމްގެ ޖަރސީގައި ނަގާފައިވާ ފޮޓޯއަކާއެކު އޭނާގެ އިންސްޓްގްރަމް ގައި ކޯށްފައިވާ ޕޯސްޓެއްގައި ރޮނާލްޑޯވަނީ "މިބާބު ނިމުނީ" ޖަހާފައެވެ.

ނަމަވެސް އަލް-ނަޞްރުން ރޮނާލްޑޯގެ އެއްބަސްވުން އާކުރަން މަޝްވަރާކުރަމުން އަންނަކަމަށް ކްލަބުން އޭގެ ފަހުން ވަނީ ބުނެފައެވެ. އިތުބާރުހިފޭ މަސްދަރާ ހަވާލާދީ ރޮނާލްޑޯ އާއި އަލް-ނަޞްރުގެ ޑީލް ނިމިފައިވާކަމަށް ބީބީސީންވެސް ވަނީ ބުނެފައެވެ.

ނޫސްކޮންފަރެންސްގައި ވާހަކަދައްކަމުންވެސް ރޮނާލްޑޯ ވަނީ އޭނާގެ ކުރިމަގާ ބެހޭގޮތުން ގާތްގަނޑަކަށް ވަނީ ގޮތެއް ނިމިފައި ކަމަށްވެސް ބުނެފައެވެ.

މެންޗެސްޓަރ ޔުނައިޓަޑްއިން 2023 ގައި އަލް-ނަޞްރް އާ ގުޅުނު ޕޯޗްގީޒް ގެ ފޯވާޑް ވަނީ  މިހާތަނަށް ކްލަބަށް 111 މެޗުން 99 ގޯލް ކާމިޔާބުކޮށްދީފައެވެ. 

ބުދަ ދުވަހު ނޭޝަންސް ލީގު ސެމީ ފައިނަލްގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް މޮޅުކޮށްދިން ގޯލް ޖެހީވެސް ރޮނާލްޑޯއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow