ބެކްޓީރިއާއަކުން ޖެހޭ ގައިން ގަޔަށް އަރާ  ސީރިއަސް ބައްޔެއް ރާއްޖެއިން ފެނިއްޖެ
މެނިންގޮކޯކަލް ޖެހުމުން ހަށިކގަނޑުން ފެންނާނާ އަލާމާތް ފެންނަ ފޮޓޯއެއް

ބެކްޓީރިއާއަކުން ޖެހޭ ގައިން ގަޔަށް އަރާ ސީރިއަސް ބައްޔެއް ރާއްޖެއިން ފެނިއްޖެ

2 months ago - 17:07
Jun 7, 2025 - 17:08
Advertisement
Advertisement

ބެކްޓީރިއާގެ ޒަރީޔާއިން ޖެހޭ ގައިން ގަޔަށް އަރާ ސީރިއަސް ބައްޔެއް ކަމަަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

ބަލި ފެނުމާ ގުޅިގެން ކަމާބެހޭ މައުލޫމާތު އެއްކޮށް, ކޮންޓެކްޓް ޓްރޭސިން ހެދުމާއި, ހައި-ރިސްކު ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް މިހާރު ދެމުން ދާކަމަށް އެކަމާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އިންވޭސިވް މެނިންގކޮކަލްގެ އެންމެ އާންމު އަލާމާތްތައް ތެރޭގައި ހިމެނެނީ ހުން އައުން. ހަމުގައި ރަތް ބިހިތަކެއް ނެގުން, އަދި ބޮލުގައި ރިއްސުމެވެ. ނަމަވެސް ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރުކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން އެކަށީގެންވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މެނިންގޯކޮކަލް އާންމު ގޮތެއްގައި ފެތުރެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. އެހެންކަމުން ބަލި ޖެހިފައިވާ މީހަކާއެކު ގިނަ ވަގުތު ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑުވާނެއެވެ. 

Advertisement
Advertisement

މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލި ޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގެ ތެރޭގައެވެ.

ރާއްޖެއިން ފެނުނު މަދު ކޭސްތަކަކީ އާންމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަށް ކަމަށާއި ބަލި ފެނުމުން, ބައްޔާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާކަމަށްވެސް އެޗްޕީއޭ ގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement