ވިލިމާލޭގައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިންގައި 4 މީހަކަށް އަނިޔާވެއްޖެ

ވިލިމާލޭގައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިންގައި 4 މީހަކަށް އަނިޔާވެއްޖެ

2 hours ago - 23:38
Advertisement
Advertisement

ވިލިމާލޭގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެ، އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، ވިލިމާލެ ކަނދޮޅުމާގޯޅީގައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 15:12 ހާއިރުއެވެ.


މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 18 އަހަރު، 22 އަހަރު، 27 އަހަރު އަދި 31 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނެވެ. މި އެންމެންނަށްވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.


ފަހަކަށް އައިސް މާލެ ސަރަހައްދުގައި މާރާމާރީތައް އިތުރުވަމުންދާތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement