ހައިހޫނުކަމުގައި ޣައްޒާގެ ރައްޔިތުން ނެތިދިއުމުގެ ކުރިން ފިޔަވަޅު އެޅުމަށް 109 ޖަމްއިއްޔާ/ޖަމާއަތެއްގެ އިންޒާރު
އެހީގެ އިންތިޒާރުގައި ތިބި ޣައްޒާގެ ރައްޔިތުންތަކެއް. ފޮޓޯ: އައި އޮން ޕަލަޞްޓައިންް

ހައިހޫނުކަމުގައި ޣައްޒާގެ ރައްޔިތުން ނެތިދިއުމުގެ ކުރިން ފިޔަވަޅު އެޅުމަށް 109 ޖަމްއިއްޔާ/ޖަމާއަތެއްގެ އިންޒާރު

އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް ދުވަސްތަކުގައި ހައިހޫނުކަމުގައި އެތައްބަޔަކު މަރުވެދާނެ

8 hours ago - 12:05
Jul 23, 2025 - 12:07

އިޒްރާއިލްއިން ގަޞްތުގައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާތާ 5 މަސްފަހުން  ޣައްޒާގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ހައިހޫނުކަމުގެ ހާލަތާގުޅޭ ގޮތުން 109 ޖަމްއިއްޔާ ޖަމާއަތަކުން އިން އެންމެ ފަހުގެ އިންޒާރު ދީފިއެވެ. 

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޣައްޒާއިންވަނީ ހައިހޫނުކަމުގައި އެކަނިވެސް 15 މީހަކު ދުނިޔެ ދޫކޮށްފައެވެ. މިއާއެކު ޤަތުލްއާންމު ފެށިފަހުން މިހާތަނަށް ޣައްޒާއިން ވަނީ ހައިހޫނުކަމާ ގުޅޭ ހާލަތުގައި 101 މީހަކު ދުނިޔެ ދޫކޮށްފައެވެ. އޭގެތެރެއިން 80 މީހުންނަނި ތުއްތު ކުދިން ކަމުގައި ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

ޣައްޒާގެ ހައިހޫނުކަމުގެ ހާލަތާގުޅޭގޮތުން އިންޒާރުދިން ޖަމްއިއްޔާ/ޖަމާއަތްތަކުގެ ތެރޭގައި އެމްނެސްޓީ އިންޓަނޭޝަނަލް, ޑޮކްޓަރސް ވިތައުޓް ބޯރޑާސް  އަދި އޮކްސްފަމް ވެސް ހިމެނެއެވެ. އެ ޖަމާއަތްތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުޅި ޣައްޒާގެ ރައްޔިތުންތިބީ އިންތިހާ ހައިހޫނުކަމުގެ ހަލާތުގައި ކަމަށާއި ޣައްޒާގައި ތިބި އެޖަމާތުގެ މުވައްޒަފުންވެސް އޭގެން އިސްތިސްނާ ނުވާކަމަށެވެ.

"ޑޮކްޓަރސް ވިތައުޑް ބޯޑާސްއިން ޣައްޒާގެ ރައްޔިތުން, ހާއްސަކޮށް ކުޑަކުދިންނަށް އެކަށީގެންވާ ކާނާނުލިބި ލިބޭ ވޭންތަކުގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށް ފަރުވާ ދެމުންދާ ވަރާއި ދުނިޔެ ދޫކޮށްފަައިވާ ފަރާތްތަކުގެ ރެކޯޑްސް ތައް ބަލަހައްޓަމުން. ޣައްޒާގެ މާރުކޭޓުތައް ހުރީ ހުސްވެފައި. ފެންމަދުވެ, ހައިހޫނު ކަމުގައި ޣައްޒާގެ ރައްޔިތުން މަގުމައްޗަށް ދެމެމުންދަނީ" ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Advertisement

ދެމަހެއްހާ ދުވަސްވަންދެއް އިންސާނީ އެހީގެ އެއްވެސް ބާވަތެެއް ޣާއްޒާއަށް އެތެރެވުން ހުއްޓުވުމަށްފަހު ދުނިޔޭގެ ފާޑުކިޔުންތަކާއެކު ޣައްޒާއަށް މިހާރު ދުވަލަކު 28 ޓްރަކްގެ ކާބޯތަކެތި އެތެރެކުރަމުން ދިޔަ ނަމަވެސް އެއީ 2 މިލިއަން މީހުންގެ އާބާދީއަކަށް އެކަށީގެންވާ މިންވަރާ ގާތް އަދަދެއްވެސް ނޫނެވެ. އެހީބެހުމުގެ ނަމުގައި ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ޖަހާފައިވާ މަރުގެ ދަންތުރަ ތަކުގައި ވެސް 900 އެއްހާ މީހުން އިޒްރާއިލްއިން ދިން ހަމަލާތަކުގައި ދެ މަސްދުވަހުގެ ތެރޭގައި ވަނީ ޝަހީދުވެފައެވެ. 

ޖަމްއިއްޔާ/ ޖަމާއަތްތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޣައްޒާގެ ހާލަތު ބަދަލުކުރުމަށް އަވަސް އަދި މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި, އެންމެ މުހިންމު ފިޔަވަޅަކީ ހަމަލާތައް ހުއްޓާލުން ކަމަށެވެ. އަދި އެއްގަމު މަގުން ޣައްޒާއަށް ހިފެހެެއްޓުމެއްނެތި އެހީގެ ތަކެތި އެތެރެކޮށް ހައިހޫނުކަމުން ޣައްޒާގައި ތިބި އެންމެހާ ރައްޔިތުން ސަލާމަތްކުރުމަށް އަވަސްފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި އަސްކަރިއްޔާއއިން އެހީ ބެހުމުގެ ކަންކަން ދޫކޮށް އދ ފަދަ އެކަމަށް ހާއްސަ ޖަމާއަތްތަކަށް އެމަސައްކަތް ދޫކޮށްލަން ޖެހޭކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"ދައުލަތްތަކުން ޣައްޒާ ބަންދުކޮށްފައި އޮތް ނިމުމަކަށް ގެނައުމަށް ފިއްތުންތައްކުރިމަތި ކުރަންޖެހޭ. ތިއްކެއްވަރު ކާބޯތަކެތި އެތެރެކުރުމަކީ ޣައްޒާގެ ހާލަތަށް މިހާރު އޮތް ހައްލެއްނޫން. އެއީ ޣައްޒާގެ ހާލަތު ދުނިޔެއަށް ފޮރުވުމަށް ބޭނުންކުރާ 'ސްމޯކް ސްކްރީނެއް'.ޤައުމުތަކަށް ޣައްޒާގެ ރައްޔިތުން މަރުން ސަލާމަތްކުރުމަށް އޮތް ޒިންމާއިން ރެކެވޭނެ ގޮތެއް ނެތް. ދައުލަތްތަކުން ޣައްޒާގެ ރައްޔިތުން ނެތިދިިއުމުގެ ކުރިން  އަޅަންޖޭ ފިޔަވަޅުތައް އަޅަންޖެހޭ" ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow