ވ. ކެޔޮދޫ ކައިރީގައު ފަރަށް އަރާފައި އޮންނަ ބޯޓު އޮޔާދަނީ
ކެޔޮދޫ ކައިރިން ފަރަށް އަރާފައިވާ ބޯޓް

ވ. ކެޔޮދޫ ކައިރީގައު ފަރަށް އަރާފައި އޮންނަ ބޯޓު އޮޔާދަނީ

ސަމާލުވާން އިލްތިމާސްކޮށްފި

1 year ago - 09:51
Jul 23, 2025 - 09:51
Advertisement
Advertisement

ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން އޮޔާދާތީ ސަމާލުވާން އެދިއްޖެއެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ އެބޯޓް ވ.އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާކަމަށެވެ. އެހެންކަމުން ދަތުރުވެރިން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އެހެންކަމުން ވާވު އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

އެބޯޓަކީ ވ.އަތޮޅުގެ ފަތުރުވެރިކަމުގެ އެންމެ މުހިއް އެތް ވަސީލަތެވެ. ފަތުރުވެރިންގެ އިތުރުން ގިނަ އަދަދަކަށް ދިވެހީންވެސް އެސަރަހައްދަށް ޒިޔާރަތްކޮށް ސްނޯކްލް ކުރެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement