
ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ, ނަޖިސް ބޭރުވުމުން 4 ގެޔަކުން މީހުން ބަދަލުކުރަން ޖެހުނު- އެންޑީއެމްއޭ
ޢާއްމު ހާލަތަކަށް ގެނެއުމުން ފެން ހިންދުމުގެ މަސައްކަތް ވަނީ ހުއްޓާލާފައި
މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ, ނަޖިސް ބޭރުވުމުން 4 ގެޔަކުން މީހުން ބަދަލުކުރަން ޖެހުނު ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ވިއްސާރައިގެ ގެއްލުންތަކުގެ އަދާހަމަ ހިއްސާކުރައްވަމުން އެއޮތޯރިޓީން ބުނީ ފެންބޮޑުވެ ނަޖިސް ބޭރުވުމުގެ ސަބަބުން 4 ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިކަމަށެވެ.
ރޭގެ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ޢާއްމުންނަށް އެހީވުމުގެ ގޮތުން ކުރީގެ ހައުސިން މިނިސްޓްރީ ހުރި ބިމުގައި އާއްމު ފަރާތްތަކަށް ވެލިބަސްތާ ދޫކުރުމުގެ އިންތިޒާމްވެސް އެންޑީއެމްއޭއާއި ސިޓީތަކާއި ކައުންސިލްތަކުގެ މިނިސްޓްރީ ގުޅިގެން ވަނީ ހަމަޖައްސާފައެވެ.
މާލޭގެ އިތުރުން ހިންމަފުށްޓާއި, ހުރާ އަދި ގުރައިދޫ އަށްވެސް ބޯކޮށް ވިއްސާރަ ވެހުނު ކަމަށާއި ކައުންސިލާ ގުޅިގެން އެހީތެރިވުމުގެ ކަންކަން ކުރިއަށްދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. މީގެއިތުރުން ތުލުސްދޫގައި ފެންބޮޑުވެ, ބައެއް ގެތަކުން ނަޖިސް ބޭރުވި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައެވެ. އެމްއެންޑީއެފްއިން ބުނީ ޢާއްމު ހާލަތަށް ގެނެވުމުން ފެން ހިންދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައި ވާކަމަށެވެ. 16911 ޓަނުގެ ފެން ހިންފި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ރިއެކްޝަންސް






