ގައްދޫ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި
ސަފާރީން ފުލުހުން އަތުލައިގަން ބަނގުރާ: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

ގައްދޫ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި

1 year ago - 11:12
Oct 27, 2024 - 11:12
Advertisement
Advertisement

ގދ. ގައްދޫ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފިއެވެ. ފުލުހުން ބުނީ ބަނގުރާ އަތުލައިގަތީ ގައްދޫ ބޭރުގައި އޮތް ސަފާރިއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

އެސަފާރީ ފާސްކުރީ ކޯޓު އަމުރުގެ ދަށުންނެވެ. ހޮނިހިރު ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އެސަފާރީން 1224 ދަޅު ބަނގުރަލާއި 124 ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ދެމީހަކު ގެންދިޔަ ނަމަވެސް އެދެމީހުން ވަނީ ސުވާލު ކުރުމަށްފަހު ދޫކޮށްލާފައެވެ. 

ފުލުހުން ބުނީ އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ ގައްދޫ ޕޮލިސް ސްޓޭޝަން، ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ސަބް ރީޖަންގެ ރެޕިޑް ރެސްޕޮންސް އެންޑް ހައިވިސިޕިލިޓީ ޓީމު ގުޅިގެން ކަމަށެވެ.

މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement