ތިނަދޫ ސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދުކެނޑިއްޖެ
ތިނަދޫ ސިޓީ ކައުންސިލްގައި ފުލުހުންވެސް ހަރަކާތްތެރިވަނީ: ފޮޓޯ-ތިނަދޫ ސިޓީ ކައުންސިލް

ތިނަދޫ ސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދުކެނޑިއްޖެ

ކައުންސިލުން ބުނީ އޭސީސީގެ ނަމުގައި އައި ބަޔަކު ވަދެ ކައުންސިލްގެ ބައެއް ތަކެތި ވަގަށް ނެގީ ކަމަށް

2 months ago - 10:33
Jan 27, 2025 - 10:58
Advertisement
Advertisement

ތިނަދޫ ސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދުކެނޑިއްޖެ އެވެ. އެކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ތިނަދޫ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި " އޭސީސީގެ ނަމުގައި " އައި ބަޔަކު ވަގަށް ނަގައިފި ކަމަށެވެ.

ފޮޓޯތަކާއެކު ތިނަދޫ ސިޓީ ކައުންސުލުން ބުނީ އެ މައްސަލަ މޯލްޑިވެސް ޕޮލިސް ސާރވިސްއަށް ހުށަހެޅި ބަލަމުންދާތީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދު ކެނޑިފައިވާކަމަށެވެ.  އޭސީސީން މިކަމުގައި ބަހެއް ނުބުނެއެވެ. ކައުންސިލުން ޢާއްމުކުރި ފޮޓޯތަކުން ކައުންސިލް އިދާރާގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. ފުލުހުން ބުނީ ތިނަދޫ ސިޓީ ކައުންސިލުން ވައްކަން ކޮއްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ތިނަދޫ ސިޓީ ކައުންސިލްގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާކަން އެނގިފައިވެއެވެ. އެކައުންސިލުން ސިޓީއެއްގެ ދަރަޖަ ހޯދީ އޮޅުވާލައިގެން, ދޮގު މައުލޫމާތު ދީގެންކަމަށް ބުނާ މައްސަލައެއްވެސް ގުޅުންހުރި އިދާރާތަކަށް ހުށަހެޅިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement