ދިއްދޫން މާފުށި ބަލިކުރުމުން ގްރޫޕް ވާދަވެރިވެއްޖެ
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި މާފުށިން އޭދަފުށު ބަލިކޮށްފައި ވަނިކޮށް, ދިއްދޫން މާފުށި ބަލިކުރުމުން, ގްރޫޕް ވާދަވެރިވެ, ފޯރި ގަދަވެއްޖެ އެވެ.
މިނަތީޖާގެ ސަބަބުން މިގްރޫޕުން ކްއާޓާ ފައިނަލްގެ ޖާގަ ލިބޭ ދެޓީމެއްވެސް ކަށަވަރުވާނީ ހޮނިހިރު ދުވަހު ހަވީރު އޭދަފުށްޓާއި ދިއްދޫ ވާދަކުރާ މެޗުންނެވެ. މާފުށީގެ ދެ މެޗު ކުޅެ ނިމުނުއިރު ލިބުނީ ތިން ޕޮއިންޓެވެ. އޭދަފުށި އެއް މެޗު ކުޅެ, ބާކީ އޮތީ އެއް މެޗެވެ. ޕޮއިންޓެއް ނުލިބެއެވެ. ދިއްދޫ ފުރަތަމަ މެޗުން ތިން ޕޮއިންޓް ހޯދާ, ދެވަނަ މެޗެއް އެބައޮތެވެ.
މިހާރު އޮތް ގޮތުން އޭދަފުށްޓަށް ދިއްދޫ އަތުން މޮޅުވުން މަޖުބޫރެވެ. އެނޫން ނަތީޖާއެއް ނިކުމެއްޖެ ނަމަ އޭދަފުށި ކަޓާ ދިއްދޫއާއި މާފުށި ކްއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ. ދިއްދޫ އަތުން އޭދަފުށި މޮޅުވެއްޖެ ނަމަ ތިން ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުވެ ފައިދާ ގޯލަށް ބަލަން ޖެހޭނެއެވެ.
މާފުށި އަތުން ދިއްދޫ މޮޅުވީ 2-0 ނެވެ. ފުރަތަމަ ހާފްގައި ދިއްދޫގެ ދެ ލަނޑު ޖެހީ އަހުޒަމް ރަޝީދު އާއި އާދަމް އާހިޒު އެވެ.
މުބާރާތުގައި މިއަދު ހަވީރު ވާދަކުރާނީ ޅ.ނައިފަރާއި ދ.މީދޫ އެވެ.
ރިއެކްޝަންސް