ޝަމްއާންގެ ބަންދަށް 15 ދުވަސް ޖަހައިފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން: ފޮޓޯ-އިމިގްރޭޝަން

ޝަމްއާންގެ ބަންދަށް 15 ދުވަސް ޖަހައިފި

1 year ago - 23:46
Mar 22, 2025 - 23:47
Advertisement
Advertisement

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު މުޙައްމަދު ޝަމްޢާން ވަހީދުގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ކޯޓް އަމުރެއްގެ ދަށުން ރޭ ފުލުހުން ހައްޔަރުކުރި ޝަމްއާންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާކަމަށް މިރޭ ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ޝަމްޢާން ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކޮށް, ގިނަ އަދަދެއްގެ ފައިސއާއި އިލެކްޓްރޯނިކް ސާމާނު ގެންދިއުމަށްފަހު, އެކަމާ ގުޅޭ ލިޔެކިޔުންތަކެއްގައި ސޮއިކުރުމަށް ފުލުސް އޮފީހަށް ގެންދިއުމަށް ފަހުއެވެ.

އޭނާ ހައްޔަރުކުރުމުގެ ކުރިން އެރާ ކުއްލި ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަމްއާން މަގާމުނބް ވަކިކުރައްވާފައެވެ. އަދި ހަމަ ރޭގެ ވަގުތެއްގައި އާ އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމަށް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް އަހުމަދު ފަސީހު އައްޔަން ކުރެއްވިއެވެ.

ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމްގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް, ބިދޭސީ މަސައްކަތްތެރިން އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. އެމައްސަލައިގައި އޭނާ ހައްޔަރުކުރުމުގެ ކުރިން މަގާމުން ވަކިކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement