ނަގިލި ލާފައި އޮންނަ އުޅަނދުފަހަރުގައި ފަޅުވެރިން ތިބުން ލާޒިމްކޮށްފި
ނަގިލި ލައިފައި އޮންނަ އުނޅަދުފަހަރުގައި މީހުންތިބޭގޮތް ހެދުމަކީ މުހިއްމު ނިންމުމެއް / ފޮޓޯ: ޓަރާންސްޕޯޓް މިނިސްޓްރީ

ނަގިލި ލާފައި އޮންނަ އުޅަނދުފަހަރުގައި ފަޅުވެރިން ތިބުން ލާޒިމްކޮށްފި

1 year ago - 14:55
Mar 22, 2025 - 14:58
Advertisement
Advertisement

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެކަށީގެންވާ އަދަދަކަށް ފަޅުވެރިން ތިބުން ލާޒިމްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިފަދައިން ނިންމާފައިވަނީ އުޅަނދުފަހަރު ނަގިލިލުމަށްފަހު ފަޅުވެރިން ނެތި ދޫކޮށްލުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދިމާވެ، މުދަލަށް ގެއްލުންވަމުންދާތީ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ނަގިލިލާފައި އޮންނަ އުޅަނދު ބެލެހެއްޓުމަށް ބޭނުންވާ އަދަދަށް ފަޅުވެރިން ނެތްނަމަ، އުޅަނދުގެ ވެރިފަރާތާއި މެދު ފިޔަވަޅު އެޅޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުން ކަނޑުގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުވެ، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށާއި، އަދި އުޅަނދުފަހަރަށާއި އެހެނިހެން މުދަލަށް ލިބޭ ގެއްލުން މަދުވާނެކަމަށް ވެސް އެވުޒާރާއިން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement