ބްރިޖު މަސައްކަތަށް ޔާމީނުގެ މާބޮޑު އެއްބާރުލުމެއް ނުލިބޭ- އަދީބު
އަދީބު ވީޑިއޯއިން ކެޕްޗަރ ކޮށްފައި

ބްރިޖު މަސައްކަތަށް ޔާމީނުގެ މާބޮޑު އެއްބާރުލުމެއް ނުލިބޭ- އަދީބު

ޔާމީނަށް ފާޑުވިދާޅުވެ, ރައީސް މުއިއްޒަށް ތައުރީފް ކުރެއްވި

13 days ago - 21:15
Advertisement

ސިނަމާލެ ބްރިޖް މަސައްކަތަށް އެބްރިޖްގެ މަސައްކަތް ފަށާ ނިންމެވިއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމްގައި ހުންނެވި އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ މާބޮޑު އެއްބާރުލެއްވުމެއް ނުލިބޭ ކަމަށް އޭރުގެ ނައިބުރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ބްރިޖްގެ ލޭނުތަކުގެ އަދަދާ ގުޅޭ ބަހުސްއެއް ކޮށް, އެއްބަޔަކު އަނެއް ބަޔަކަޢށް ފާޑުކިއުންތައް އަމާޒުކުރަމުން ދަނިކޮށް އެކަން ސާފްކޮށްދެއްވަން ކަމަށް ވިދާޅުވެއް މިރޭ ޢާއްމުކުރެއްވި ވީޑިއޯގައި އަދީބު ވިދާޅުވީ ބްރިޖް އޮތީ ޕްލޭން ކުރި ގޮތަށް ކަމަށެވެ. ބްރިޖުން އެއްވެސް ލޭނެއް މަދު ނުވާ ކަމަށާއި, ބްރިޖް ނިންމާފައި އޮތީ ބްރިޖްގެ ހުރިހާ މަރުހަލާއެއްގައިވެސް ގެންދަން ނިންމި ގޮތަށް ކަމަށެވެ. ހަމައެކަނި ބަދަލަކީ ލޭނެއް ބައިސްކަލަށް ޚާއްޞަ ނުކުރުން ކަމަށް ވިދާޅުވިއެވެ. އެއީވެސް ޔާމީނުގެ ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.

" އިކޮނޮމިކް ކައުންސިލުންނާއި, ރައީސް ޔާމީނު ނިންމެވި ގޮތަށް ބްރިޖް އަޅާފައި އެއޮތީ. އޭގަ ނެތް އެއްވެސް އުނިއިތުރެއް. ހަމައެކަނި ބައިސްކަލް ލޭނަކީ ޖޮގިންގއަށް އޮތް ލޭނު. އޭރުގައި އެނިމޭޝަން ހަދާފަ އޮތް ގޮތަށް ބްރިޖް އޭނދީ" އަދީބު ވިދާޅުވިއެވެ.

 

Advertisement

އެމްއެމްޕީއާރުސީ ހިޔާނާތުގައި ބޮޑު ހުކުމެއް އިއްވި ނަމަވެސް މިދިޔަ ސަރުކާރުގެ ފަހު ދުވަހު މިނިވަން ކުރެއްވުމުން ރާއްޖެއިން ބޭރަށް ވަޑައިގެން ބޭރުގައި ހުންނަވާ ޢާއްމުކުރެއްވި ވީޑިއޯގައި މައިގަނޑު ގޮތެއްގައި އޮތީ ރައީސް ޔާމީނަށް ފާޑުވިދާޅުވެ, މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ތައުރީފް ކުރެއްވުމެވެ. ވިދާޅުވީ ބްރިޖް އެޅިދާނެ ކަމަށް ރައީސް ޔާމީނުވެސް ގަބުލު ނުކުރައްވާ ކަމަށެވެ. އަދި އޭރުގެ ގިނަ ވަޒީރުންވެސް ބްރިޖް އެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ބްރިޖްގެ ކަންތަކުގައި މާބޮޑު އެއްބާރުލުމެއް ނުދެއްވާ ޔާމީނު ވިދާޅުވަމުން ގެންދެވީ 'އަދީބު ކުރިއަށް ގެންދޭ' ކަމަށް ވިދާޅުވިއެވެ. އިކޮނޮމިކް ކައުންސިލުން ކަންކަން ނިންމެވިއިރުވެސް ޔާމީނުގެ މާބޮޑު އެއްބާރުލެއްވުމެއް ނުލިބުނު ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޔާމީނު އުޅުއްވީ ތާސް ކުޅުމާއި, ސިންގަޕޫރުން ޝޮޕިންގ ކުރެއްވުމުގައި ކަމަށް ވިދާޅުވެ ފާޑުކިއުން އަމާޒު ކުރެއްވިއެވެ.

އަދީބު ވިދާޅުވީ ބްރިޖްގެ މަސައްކަތް ކުރެއްވީ އޭނާ ކަމަށާއި, އެމަސައްކަތުގެ ތެރެއަށް އޭރުގެ މިނިސްޓަރ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންނެވީވެސް އޭނާ އެދިވަޑައިގެން ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ވާހަކައަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެކަމުގެ މޭސްތިރިއަކީ ޔާމީނު ކަމަށެވެ. ފައިސާ ހުރީ ޔާމީނުގެ އެކައުންޓްގައި ކަމަށާއި, އެސެޓްވެސް ހުރީ ޔާމީނުގެ ކަމަށެވެ. އެކަމަކު އެކަން އެޅުއްވީ އަދީބާއި ޒިޔަތުގެ ބޮލުގައި ކަމަށް ވިދާޅުވިއެވެ. ހަމައެގޮތަށް މިއަދު ބްރިޖު ލޭނުގެ ވާހަކަ ރައީސް މުއިއްޒުގެ ބޮލުގައިވެސް އަޅުއްވަނީ ކަމަށް ވިދާޅުވިއެވެ. އަދީބު ވިދާޅުވީ ސިނަމާލެ ބްރިޖަކީ ވަތރަށް ފުރިހަމަ ބްރިޖެއް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement