ލަންކާގައި ކުރިއަށްދިޔަ "ބޭސިކް އެއަރބޯން ކޯސް އެމްއެންޑީއެފް 04" އެމްއެންޑީއެފްގެ 18 ސިފައިން ފުރިހަމަކޮށްފި

ލަންކާގައި ކުރިއަށްދިޔަ "ބޭސިކް އެއަރބޯން ކޯސް އެމްއެންޑީއެފް 04" އެމްއެންޑީއެފްގެ 18 ސިފައިން ފުރިހަމަކޮށްފި

ސްރީލަންކާގައި ކުރިއަށްދިޔަ "ބޭސިކް އެއަރބޯން ކޯސް – އެމްއެންޑީއެފް 04"، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ 18 ސިފައިން ފުރިހަމަކޮށް، ބޭސިކް އެއަރބޯން ކޯހުގެ ބެޖު ހާސިލުކޮށްފި

5 months ago - 00:20
Feb 13, 2024 - 14:28
Advertisement

ސްރީލަންކާގައި ކުރިއަށްދިޔަ "ބޭސިކް އެއަރބޯން ކޯސް – އެމްއެންޑީއެފް 04"، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ 18 ސިފައިން ފުރިހަމަކޮށް، ބޭސިކް އެއަރބޯން ކޯހުގެ ބެޖު ހާސިލުކޮށްފިއެވެ.

ސްރީލަންކާ އަރމީ ހެޑްކުއޯޓަރޒްގައި ފެބުރުވަރީ 6 ވަނަ ދުވަހު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ސްރީލަންކާ އަރމީގެ ކޮމާންޑަރ، ލެފްޓިނެންޓް ޖެނެރަލް ވިކުމް ލިޔަނަގެއެވެ.
މި ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ކޯހުގެ ބެޖު ހަވާލުކޮށްދެއްވީ ސްރީލަންކާ އަރމީގެ ކޮމާންޑަރުގެ އިތުރުން ސްރީލަންކާ އަރމީގެ ޗީފް އޮފް ސްޓާފް، މޭޖަރ ޖެނެރަލް ޕެއިރިސްއެވެ.
 
ސްރީލަންކާގެ ކުޑައޯޔާގައި ހުންނަ ކޮމާންޑޯ ރެޖިމެންޓް ޓްރެއިނިންގ ސްކޫލުގައި ކުރިއަށްދިޔަ ބޭސިކް އެއަރބޯން ކޯހުގައި ބައިވެރިވެ، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއިން 18 ސިފައިންނާއި، ސްރީލަންކާ އަރމީގެ 15 ސިފައިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. 
 
މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ، ކާނަލް ޙަސަން އާމިރު ވަނީ ބައިވެރިވެލައްވާފައެވެ.
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement