ދުބާއީއާއި ތައިލެންޑުން އާސަންދަ ލިބޭ އެއްބަސްވުމުގައި ސޮއިކޮށްފި
ޑުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއެކު އާސަންދަ ކުންފުނީގެ ފަރާތުން ސޮއިކުރުމަށްފަހު: ފޮޓޯ-އާސަންދަ ކުންފުނި

ދުބާއީއާއި ތައިލެންޑުން އާސަންދަ ލިބޭ އެއްބަސްވުމުގައި ސޮއިކޮށްފި

ޖެނުއަރީ 15 ން ފެށިގެން ޚިދުމަތް ލިބޭނެ

1 year ago - 16:33
Dec 10, 2024 - 16:35
Advertisement
Advertisement

ދުބާއީއާއި ތައިލެންޑުން އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ލިބޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އާސަންދަ ކުންފުނީގެ ފަރާތުން މިއަދު ސޮއިކުރީ ތައިލެންޑްގެ ދަ ވޯރލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލުންނެވެ. އަދި ދުބާއީން ސޮއިކުރީ ބުރްޖީލް މެޑިކަލް ސިޓީއާއެކު އެވެ. ބެންކޮކް ހޮސްޕިޓަލަކީ މިހާރުވެސް ދިވެހިން ޚިދުމަތް ހޯދަން ދާ ހޮސްޕިޓަލެކެވެ.

ތައިލެންޑުންނާއި ދުބާއީން އާސަންދައިގެ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. އާސަންދައަކީ ހަމައެކަނި ވަކި ގައުމަކުން ލިބޭ ޚިދުމަތަކަށް ވާން ބޭނުންފުޅު ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

https://x.com/AasandhaLtd/status/1866427449388802121

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެދެގައުމުން ޚިދުމަތް ލިބޭނެ ކަމަސް އަސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

އެއްބަސްވުންތަކުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement