ތ.އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށައިފި
ތ.އަތޮޅަކީ ޚިދުމަތް ފެށި 12 ވަނަ އަތޮޅު: ފޮޓޯ-އެމްޓީސީސީ

ތ.އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށައިފި

މިހާތަނަށް 12 އަތޮޅެއްގައި ޚިދުމަތް ފަށައިފި

19 days ago - 05:53
Sep 25, 2025 - 05:55
Advertisement
Advertisement

ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރުޓީއެލް) އިން ތ.އަތޮޅުގެ ރަށްތައް ގުޅާލާފިއެވެ. ތ.އަތޮޅުގައި މިޚުދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެވެ. ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.

ޒޯން 4 ގެ ތ.އަތޮޅުގައި ޚިދުމަތް ދޭނީ ދެ ސްޕީޑް ފެރީ މެދުވެރިކޮށް ހަފްތާއަކު ހަ ދުވަހު ކަމަށް ޚިދުމަތްދޭ އެމްޓީސީސީން ވިދާޅުވިއެވެ. ޚިދުމަތް ދެނީ ފަސް ރޫޓަކަށް ބަހާލައިގެންނެވެ. އާރުޓީއެލް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އޭސީ ފެރީތަކެކެވެ.

ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާރް.ޓީ.އެލް ފެރީގެ ޚިދުމަތަކީ މުޅި އަތޮޅަށް މުހިންމުވެފައި އޮތް ޚިދުމަތެއް ކަމަށާ، މަސައްކަތްކުރައްވަމުން ގެންދަވަނީ ވަޢުދުވެވަޑައިގެންފައި ވާ ގޮތަށް، ތަރައްޤީގެ ރާޑަރަށް ކޮޅުމަޑުލު އެރުވުމަށް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ޚިދުމަތް ދެވެން ފެއްޓެވުމާއެކު، ކޮޅުމަޑުލުގެ ނެޓްވަރކްއަށްވެސް އިތުރުކުރިއެރުންތަކެއް ގެނެސްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Advertisement

ތ.އަތޮޅުގައި ޚިދުމަތް ފެށުމުން 12 އަތޮޅެއްގައި މިހާތަނަށް ޚިދުމަތް ފެށުނީއެވެ. އެއީ ޒޯން 1 ގެ ހއ, ހއ, އަދި ށ އަތޮޅާއި ޒޯން 2 ގެ ނ,ރ,ބ އަދި ޅ. އަތޮޅާއި ޒޯން 4 ގެ ތ.އަތޮޅާއި, ޒޯން 5 ގެ ގއ, ގދ އަދި ޒޯން 6 ގެ ފުވައްމުލަކާއި އައްޑޫ ސިޓީގައެވެ.

މިސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބާކީ އޮތް 8 އަތޮޅުގައިވެސް ޚިދުމަތް ފެށުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement