އިންސާފުވެރި މަސައްކަތުގެ މާޙައުލެއް ގާއިމުކޮށްދެއްވާނަން: ރައީސް

އިންސާފުވެރި މަސައްކަތުގެ މާޙައުލެއް ގާއިމުކޮށްދެއްވާނަން: ރައީސް

10 hours ago - 08:01
Advertisement
Advertisement

ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި ދަތިތައް ހައްލުކޮށްދެއްވައި، އިންސާފުވެރި މަސައްކަތު މާހައުލެއް އޮތްކަން ކަށަވަރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު ސިލްސިލާގެ 14 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


މި ޕްރޮގްރާމުގައި ބައިވެރިވި ނަރުހަކު ވަނީ ވަޒީފާގެ މާހައުލުގައި ހުރި ތަފާތުކުރުންތަކާއި، ކަމެއް ދިމާވުމުން އިންސާފު ހޯދުމަށް ހުރި ހުރަސްތަކުގެ ވާހަކަ ރައީސްއާ ހިއްސާކޮށްފައެވެ. އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ ދަތިތަކާއި ކަންބޮޑުވުންތަކަށް ވަޒީފާދޭ މެނޭޖްމަންޓުން އެކަށީގެންވާ ސަމާލުކަމެއް ނުދޭ މައްސަލަ ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ނަރުހުން ރައްޔިތުންނަށް ފޯރުކޮށްދޭ އަގުހުރި އަދި މުހިންމު ހިދުމަތް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހުރި މިފަދަ ނުރަނގަޅު އާދަތަކާއި މައްސަލަތައް އިސްލާހުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވަޒީފާގެ މާހައުލުގައި އިންސާފު ގާއިމުކޮށް، މުވައްޒަފުންގެ ޝަކުވާތައް އަޑުއަހައި، ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި ކަންކަން ހައްލުކުރުމަށް ބާރުއަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ވެސް، އެކި ދާއިރާތަކުން ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި އުނދަގޫތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ވަޒީފާގެ މާހައުލަކީ ކޮންމެ މީހަކަށްވެސް އަމާން އަދި ހިތްހަމަޖެހިގެން ހިދުމަތް ދެވޭނެ ތަނަކަށް ހެދުމަށް ސިޔާސަތުތައް ބައްޓަންކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

                    

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement