މަސްވެރިކަމުގެ ސިނާޢަތަށް 4.5 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ވަނީ ލިބިފައި: ވަޒީރު ޝިޔާމް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް / ފޮޓޯ: މިނިސްޓްރީ

މަސްވެރިކަމުގެ ސިނާޢަތަށް 4.5 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ވަނީ ލިބިފައި: ވަޒީރު ޝިޔާމް

4 hours ago - 13:38
Jun 9, 2025 - 14:18
Advertisement
Advertisement

މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް 4.5 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ގައުމީ މީޑިއާ ޕީއެސްއެމްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ  މިއީ މަސްވެރިކަމުގެ ސިނާޢަތަށް މިހާތަނަށް ކުރެވުނު އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މި އިންވެސްޓްމަންޓްގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކެއް ހައްލުކުރެވޭނެ ކަމަށެވެ. މީގެ ތެރޭގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއި، މަހުގެ އަގު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. 

ސަރުކާރުގެ މަޤްޞަދަކީ މިފްކޯއަކީ ފައިދާ ލިބޭ ކުންފުންޏަކަށް ހެދުމާއި، މަސްވެރިކަމުގެ ސިނާޢަތަށް ބޭރުގެ އިންވެސްޓްމަންޓް ޖެއްސުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން، ސަރުކާރުން ސަބްސިޑީ ދޭންޖެހޭ ވަރަށް ބަރޯސާވެފައިވާ ސިނާޢަތެއްގެ ބަދަލުގައި، ފައިދާ ލިބޭ އަދި ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިވާ ސިނާޢަތަކަށް މަސްވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement
Advertisement

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލުކުރުމަށްކަމަށާއި، މީގެ ތެރޭގައި އެކްސްޕޯޓްކުރާ މަހުގެ އަގު އިތުރުކުރުމާއި، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 25,000 ޓަނަށް އިތުރުކުރުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުވެރިކަމަށް އައިއިރު މަސްވެރިން ކިރުވި މަހަށް ނުދެވިވާ ހުރިހާ ފައިސާއެއް މިހާރުވަނީ މަސްވެރިންނަށް  ދީ ހަލާސްކޮށްފައެވެ. އަދި މިހާރު މަސްވެރިން ކިރުވާމަހަށް މަސްކިރުވާތާ 48 ގަޑިއިރުތެރޭގައި ފައިސާ ލިބޭނެގޮތް ވަނީ ހަމަޖައްސާފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement