ރައީސް މުޢިއްޒުގެ ދެކަނބަލުން ޙައްޖުގެ އަޅުކަމަށް ފަހު މައްކާއިން ފުރާވަޑައިގެންފި
ހައްޖުގެ އަޅުކަމަށް ފަހު ރައީސް މުއިއްޒު މައްކާއިން ފުރާވަޑައިގެންނެވުން / ފޮޓޯ: ރައީސް އޮފީސް

ރައީސް މުޢިއްޒުގެ ދެކަނބަލުން ޙައްޖުގެ އަޅުކަމަށް ފަހު މައްކާއިން ފުރާވަޑައިގެންފި

4 hours ago - 15:26
Jun 9, 2025 - 15:29
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރައްވައި ނިންމަވާ، ރާއްޖެ ވަޑައިގަތުމަށް މިއަދު ސަޢުދީ ޢަރަބިއްޔާއިން ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުންނަށް ޖިއްދާ އެއަރޕޯޓުން އަލްވަދާޢު ދެންނެވީ ޖިއްދާގެ ގަވަރުނަރ ޕްރިންސް ސައުދު ބިން ޢަބްދުﷲ ބިން އަލްޖަލާވީ އަލް ސައުދުއެވެ.

ރައީސްގެ ދެކަނބަލުން ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގަތީ މެއި 31 ގައި، ސަޢުދީ ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް އެ ގައުމުން ހަމަޖައްސަވައިދެއްވި ފުލައިޓެއްގައެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ދިވެހި ޙައްޖާޖީންނާއި ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ޙާލު ބައްލަވާލައްވާފައެވެ.

މި ދަތުރުފުޅުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ ސަޢުދީ ވަލީޢަހުދު އަމީރު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސަޢުދީ ޙައްޖު މިނިސްޓަރާވެސް ބައްދަލުކުރައްވައި، ޙައްޖާޖީންނަށް ދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement