ފެން ބިލުގެ ޖޫރިމަނާ މަޢާފުކޮށްދޭ ޕްރޮގްރާމެއް އެމް.ޑަބްލިޔު.އެސް.ސީން ފަށައިފި
އެމް.ޑަބްލިޔު.އެސް.ސީން މިވަނީ ރަނގަޅު ޕްރޮގްރާމެއް ފަށާފައި / ފޮޓޯ: އެމް.ޑަބްލިޔު.އެސް

ފެން ބިލުގެ ޖޫރިމަނާ މަޢާފުކޮށްދޭ ޕްރޮގްރާމެއް އެމް.ޑަބްލިޔު.އެސް.ސީން ފަށައިފި

4 hours ago - 17:05
May 8, 2025 - 17:11
Advertisement
Advertisement

ގޭބިސީތަކާއި ވިޔަފާރިތަކުގެ ނުދައްކާ ހުރި ފެން ބިލުތަކުގެ ޖޫރިމަނާ މަޢާފުކޮށްދޭ އައު ޕްރޮގްރާމެއް އެމް.ޑަބްލިޔު.އެސް.ސީން ތަޢާރަފުކޮށްފައެވެ.

މިކަން ހާމަކޮށްފައިވަނީ އެކުން ފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައި އެމް.ޑަބްލިޔު.އެސް.ސީން ބުނީ މި ޕްރޮގްރާމުގެ ދަށުން އެކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 2024 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް މަޢާފުކޮށްދެވޭނެ ކަމަށެވެ.

ޖޫރިމަނާ މަޢާފުކޮށްދެވޭނީ 2025 ގެ މޭ މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ބިލުތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްކޮށް ދައްކާ ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށާއި، އަދި މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމުވެސް ހަމަޖައްސައިދެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުންޏެވެ.

Advertisement
Advertisement

މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކަސްޓަމަރުންނަށް ކުންފުނީގެ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެކުންފުނިން ނެރުނު ބަޔާނުގައި ވަނީ އެދިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ގެ ބަޔާން ނިންމާލަމުން ވަނީ ކަސްޓަމަރުންނަށް މި ފުރުސަތުގެ ބޭނުން ހިފުމަށާއި ޤަވާޢިދުން ބިލުތަކަށް ފައިސާ ދެއްކުމަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement