ތެހްރާން ދޫކޮށް ދާން ޓްރަމްޕް އެންގިފަހުން އިޒްރާއިލްގެ ހަމަލާތައް އަނެއްކާވެސް ވަރުގަދަކޮށްފި
އިޒްރާއިލްއިން އީރާނަށް ދިން ހަމާއެއްް އަދި އެމެރިކާގެ ރައީށް ޓްރަމްޕް

ތެހްރާން ދޫކޮށް ދާން ޓްރަމްޕް އެންގިފަހުން އިޒްރާއިލްގެ ހަމަލާތައް އަނެއްކާވެސް ވަރުގަދަކޮށްފި

7 hours ago - 12:15
Jun 17, 2025 - 12:21

އިޒްރާއިލްއިން އިރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އަމާޒުކޮށް ހުކުރުދުވަހު ދިން ކުއްލި ހަމަލާއަށްފަހު މިއަދަށް ދެފަރާތުގެ ހަމަލާތައްް ބަދަލުކުރަމުންދާތާ ފަސްވަނަ ދުވަސް ގުނަމުންދާއިރު އިޒްރާއިލްއިންވަނީ ހަމަލާތައް ވަރުގަދަކޮށްފައެވެ. އިޒްރާއިލްގެ ހަމަލާތައް ވަރުދަގަކޮށްފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތެހްރާންގެ ރައްޔިތުންނަށް ޝަހަަރު ދޫކޮށްދާ ދާން އަންގާފައި ވަނިކޮށެވެ. 

"އީރާންގެ އަތުގައި ނިއުކްލިއަރ ހަތިޔާރު ހުރެގެން ނުވާނެ. ތެހްރާންގެ އެންމެން އެތަން ދޫކޮށް ހަމަ މިހާރު ދޭ" ކެނަޑާގައި ކުރިއަށްދާ ޖީސަމިޓް އިން މާކުރިން ވަކިވެ ވޮޝިންގްޓަންއަށް ފުުރުމުގެ ކުރިން އިއްޔެ ޓްރަމްޕް މީސްމީޑިއާގެ އެކްސްގައި ލިޔެފައި ވެއެވެ.

ޓްރަމްޕްގެ މި އިންޒާރުގެ ކުރިން އިޒްރާއިލްގެ އަސްކަރިއްޔާއިންވެސް ވަނީ ތެޙްރާންގެ މެދުތެރޭގެ ސިޓީއެއްގައި ދިރިއުޅޭ 300,000 އެއްހާ މީހުން އެސަރަހައްދު ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ. ތެހްރާންއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ސިޓީއެވެ. 10 މިލިއަން މީހުންގެ އާބާދީގެ މި ސިޓީގައި ގާތްގަނޑަކަށް މުޅި އިޒްރާއިލްގެ އާބާދީ ވަރުގެ އާބާދީއެއް އޮވެއެވެ. އިޒްރާއިލްގެ ހަމަލާތައް ފެށުމާއިއެކު ތެހްރާން އިންވެސް ގިނަ ބަޔަކު ދަނީ ރައްކާތެރި ސަރަހައްދުތަަކަށް ދަތުރުކުރަމުންނެވެ. 

އިޒްރާއިލްގެ ހަމަލާތަކުގައި އީރާނުން މިހާތަނަށް 224 މީހަކު މަރުވެފައިވާކަށް ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި 70 ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭކަމުގައި އިދާރާތަކުން ވަނީ ބުނެފައެވެ.

Advertisement
Advertisement

ރައްދުގައި އީރާނުން އިޒްރާއިލްއަށް ދިން 370 މިސައިލް އަދި އެތައްސަތޭކަ ޑްރޯން ހަމަލާގައި އިޒްރާއިލްއިން 24 މީހަކު މަރުވެ 500 މީހަކު ޒަހަމްވެފައިވާކަން އެގައުމުންވެސް ވަނީ ޔަޤީންކޮށްދީފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow