ވިނީޝިއުސްއަށް ނަސްލީގޮތުން ދިމާކޮށް ނަފްރަތު އުފެއްދި ބަޔަކަށް ޖަލު ހުކުމެއް
ވިނީޝިއުސް ޖޫނިއަރ, އޭނާއާ ނަސްލީގޮތުން ދިމާކުރުމުގެ ހާދިސާތައް ސްޕެއިންގައި ގިނަ

ވިނީޝިއުސްއަށް ނަސްލީގޮތުން ދިމާކޮށް ނަފްރަތު އުފެއްދި ބަޔަކަށް ޖަލު ހުކުމެއް

އެކަކަށް ވަނީ 15 މަހުގެ ޖަލު ހުކުމެއް އިއްވާފަ

4 hours ago - 11:40
Jun 17, 2025 - 11:41

ރެއާލް މެޑްރިޑްގެ ބްރެޒިލްގެ ފޯވާޑް, ވިނީޝިއުސް ޖޫނިއަރ އަށް ނަސްލީ ގޮތުން ދިމާކޮށް ނަފުރަތު އެފެއްދުމަށް މަސައްކަތްކުރި 4 މީހަކަށް 14 މަހާއި 22 މަހާ ދެމެދުގެ 'ސަސްޕެންޑަޑް' ޖަލު ހުކުމް މެޑްރިޑްގެ ކޯޓަކުން އިއްވައިފިއެވެ.

ނަސްލީގޮތުން ދިމާކުރި ވީޑިއޯތައް މީސްމިޑިއާގައި އާންމުކުރި މީހާ ކުޅިވަރާއި މުނިފޫހި ފިލުވުން އަދި ތައުލީމީ ދާއިރާއާއި ޒުވާނުންވާ ގުޅޭ އެއްވެސް ކަމެއްގައި 4 އަހަރާ ތިން މަސް ދުވަހުގެ މުއްދަތަށް ބައިވެރި ނުވެވޭގޮތަށް 'ޑިސްކޮލިފައި' ކޮށްފައިވާކަމަށް ކޯޓުގެ ނިންމުމާ ގުޅޭގޮތުން ލަލީގާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ބާކި ތިބި މީހުންނަށް އިއްވީ ތިންމަހާއި ހަތް މަހާ ދެމެދުގެ ޖަލު ހުކުމެކެވެ.

އެ އެންމެންވެސް ވަނީ 2023 ޖެނުއަރީގައި ރެއާލްއާއި އެތްލެޓިކޯ ބައްދަލުކުރި ސްޕެނިޝް ލީގު މެޗެއްގެ ކުރިން ބްރިޖެއްގައި "މެޑްރިޑް ހޭޓްސް ރެއާލް" ޖަހާފައިވާ ބެނާއަކާއެކު 20 ނަމްބަރު ބްރެޒިލް ޖޯޒީގައި ވައިޖަހާ ފުއްޕާފައިި އޮތް ކަޅުކުލައިގެ ބުދެއް އެލުވާފައެވެ.

Advertisement
Advertisement

ކޯޓުގެ ނިންމުމުގައި ވާގޮތުން އެތަނުން އެކަކަށް ވަނީ ނަފްރަތު އުފެއްދިކަމަުގެ ކުށުގައި 15 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭގެ އިތުރުން ބިރުދެއްކުމާއި, އެ މަންޒަރުތައް އޮންލައިކޮށް ފެތުރުމުގެ ކުށުގައި އިތުރު ހަތްމަހުގެ ހުކުމެއްވެސް އޭނާއަށް ވަނީ އިއްވާފައެވެ.

އޭގެން އެކަކުވެސް އަދި ޖަލުގައި ބަންދު ނުކުރާނެއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެފަދަ ކަމެއް އެމީހުންގެ ފަރާތުން ތަކުރާރުވެއްޖެ ނަމަ ޖަލަށް ލެވޭނެއެވެ. ހަތަރު މީހުންވެސް ވަނީ މާފަށްއެދި ވިނީޝިއުސްގެ ފަރާތުން މާފަށްއެދި ސިޓީއެއްގައި ސޮއިކޮށްފައި ކަމުގައި ސްޕެއިންގެ ފުޓްބޯޅަ ފެޑޭރޭޝަނުން ވަނީ ބުނެފައެވެ.

ޖަލު ހުކުމުގެ އިތުރުން އެމީހުންވަނީ ބޮޑު އަދަދަކުން ޖޫރިމަނާވެސް ކޮށްފައެވެ. މީގެ އިތުރުން  ވިނީ ހުންނަ ނަތަކާ އަބަދުވެސް 1 ކިލޯ މީޓަރުގެ ދުރުމިނެއް އެންމެންވެސް ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. އޭގެ ތެރޭގައި ވިނީގެ ގެ އާއި ކުޅެން ހުންނަ ދަނޑުތަކާއި މަސައްކަތްކުރާ އެހެންތަންތަންވެސް ހިމެނެއެވެ.

މީގެ އިތުރުން އެހެނއ މީހުނާނާމެދު އެއް ހަމައަކުން ދެކުމާއި, ނަސްލީ ތަފާތުކުރުންތަކުން ދުރުކޮށްދޭ ތައުލީމީ ޕްރޮގްރާމްތަކުގައި ބައިވެރިވުންވެސް ވަނީ ހަތަރު މީހުންގެ މައްޗަށްވެސް ލާޒިމުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow