ޔުމްނު މައްސަލައިގެ ކޮމިޝަންގެ ރިޕޯރޓް ރައީސްއަށް، ރައީސް އެންގެވީ ރިޕޯރޓް ޢާއްމުކުރެއްވުމަށް!
ރިޔާސީ ކޮމިޝަނުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ޔުމްނު މައްސަލައިގެ ކޮމިޝަންގެ ރިޕޯރޓް ރައީސްއަށް، ރައީސް އެންގެވީ ރިޕޯރޓް ޢާއްމުކުރެއްވުމަށް!

10 months ago - 12:51
Jun 17, 2025 - 12:57
Advertisement
Advertisement

ޔުމްނު މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ތަހުގީގު ނިންމާ ރިޕޯރޓް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް އަރުވައިފިއެވެ.

 ރިޕޯރޓް ނިންމާ ރައީސްއަށް އެރުވިކަން  ފިޔަވާ ކޮމިޝަނުން އިތުރު އެއްޗެއް ނުބުނެއެވެ. ރައީސް ޑރ.މުއިއްޒު ވަނީ ރިޕޯރޓް ލޮބިވަޑައިގެންނެވިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެރިޕޯރޓް އުނިއިތުރެއް ނެތި ޝާއިއު ކުރެއްވުމަށް ރައީސް ވަނީ އިރުޝާދުދެއްވާފައެވެ.

އޭޕްރީލް މަހު 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ އެމަހުގެ 26 ވަނަ ދުވަހުއެވެ. އެއީ ފުލުހުންގެ ތަހުގީގާމެދު ޒުވާނުންނާއި ޢާއްމުންވެސް ސުވާލު އުފައްދާ ޑިމާންޑްތަކެއްވެސް ކުރަމުން ދިއުމާއެކު ނުފޫޒުން އެއްކިބާވެފައިވާ ތަހުގީގެއްގެ ކަށަވަރުކަން ހޯދައިދިނުމަށެވެ.

ރިޔާސީ މޮމިޝަނުން މައްސަލަ ތަހުގީގު ކުރި ނަމަވެސް ފުލުހުންވެސް މައްސަލަ ތަަހުގީގު ކުރެއެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށްވެސް ޔުމްނުގެ ބަޔާނެއް އަދިވެސް ނުލިބެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement