މަހިބަދޫ ކައިރިން ސަފާރީއަކަށް އެރުވި ބަނގްރާ ކޭސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
މަހިބަދޫ ކައިރިން ސަފާރީއަކަށް އެރުވި ބަނގްރާ ކޭސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ބަނގްރާ ކޭސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޤަވާއިދާ ޚިލާފަށް ސަފާރީއަށް އެރުވުމުންނެވެ.
މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދޯންޏަކާއި ސަފާރީއެއް ބަލާ ފާސްކޮށް ފުލުހުން ވަނީ 1794 ފުޅި ބަނގުރަލާއި, 1680 ދަޅު ބަނގުރާ އަތުލައިގެންފައެވެ. ބަނގްރާ ކޭސްތައް އަތުލައިގަތީ ދިއްގަރު ފަޅާއި މަހިބަދުއާ ހިސާބުން ކަނޑުމަތިން ސަފާރީއަކާއ ދޯންޏެއް ބަލައި ފާސްކޮށްގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ތަކެއްޗަކީ ޤަވާއިދާ އެއްގޮތަށް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ނަމަވެސް ސަފާރީއަށް އަރުވާފައިވަނީ ޤަވާއިދާ ޚިލާފަށްކަން ތަހުގީގުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއޮޕަރޭޝަން ހިންގާފައި ވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ. އެކަމަކު އިތުރަށް ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް