އާރް.ޓީ.އައި އަށް ޖަވާބުދޭން މާލޭސިޓީ ކައުންސިލުން ދެކޮޅު ހެދުމުން އަޑުއެހުންތައް ފަށަނީ

އާރް.ޓީ.އައި އަށް ޖަވާބުދޭން މާލޭސިޓީ ކައުންސިލުން ދެކޮޅު ހެދުމުން އަޑުއެހުންތައް ފަށަނީ

މައުލޫމާތު ހޯދުމަށް ހުށަހެޅިތާ 5 މަހަށްވުރެ ގިނަ ދުވަސްވެއްޖެ

2 days ago - 08:14
May 27, 2025 - 08:18
Advertisement
Advertisement

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގެ ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަށް މާލޭސިޓީ ކައުންސިލުން ދެކޮޅު ހަދައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހު އާންމު ފަރުދަކު އެކައުންސިލުން ހޯދުމަށް ހުށަހަޅާފައިވާ މައުލޫމާތު ތަކެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އަމާޒް މީޑިއާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމު ފަރުދަކު މާލޭ ސިޓީ ކައުންސިލަށް މައުލޫމާތުތަކެއް ހޯދުމަށް ހުށަހަޅާފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ މައުލޫމާތު ނުދިނުމަށެވެ.

Advertisement
Advertisement

އަދި އެ މައުލޫމާތު ދިނުމަށް މާލޭ ސިޓީ ކައުންސިލުން އަންނަނީ އެކި ބަހަނާ ދައްކައި އިންކާރު ކުރަމުން ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސަމާލުކަމަށް އައިސް އެ އޮފީސް މެދުވެރިގެންވެސް މާލޭ ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބާއްވަން ތާވަލްކޮށް މާލޭ ސިޓީ ކައުންސިލަށާއި މައްސަލަ ހުށަހެޅި ފަރާތަށް ނޯޓިސް ވަނީ ފޮނުވާފައެވެ.

އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ބައިވެރި ނުވުމުން އެދުވަހުގެ އަޑު އެހުން ކެންސަލް ކޮށް މި ހިނގާ ހަފްތާގެ އާދީއްތަ ދުވަހަށް އަޑު އެހުން ތާވާލު ކުރިކަން އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން އަންގާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެހެން ނަމަވެސް އެ އަޑު އެހުންވެސް އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އާރް.ޓީ.އައި ނުވަތަ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން އެދުނު މައުލޫމާތުތަކެއް މާލޭ ސިޓީ ކައުންސިލުން ހިފަހައްޓާފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ނިސްބަތްވާ އެމް.ޑީ.ޕީއަކީ އާރްޓީއައި ތަކަށް ސަރުކާރުން ޖަވާބު ނުދޭތީ އެކަމަށް އެންމެ ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުން އަންނަ ސިޔާސީ ޖަމާއަތް ކަން ފާހަގަ ކޮށްލެވެއެވެ.

އަމިއްލައަށް މައުލޫމާތު ދޭން ޖެހުމުން އެޕާޓީއަށްވެސް މިވަނީ ފަހަތު ފަޔަށް ބުރަވެފައި ކަމަށް އެމް.ޑީ.ޕީއާ ދެކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement