އަންޗެލޮއްޓީގެ ބްރެޒިލް ސްކޮޑުން ނޭމާއަށް ޖާގައެއް ނުލިބުން, ކަސެމީރޯ އަލުން ސޮކޮޑަށް

އަންޗެލޮއްޓީގެ ބްރެޒިލް ސްކޮޑުން ނޭމާއަށް ޖާގައެއް ނުލިބުން, ކަސެމީރޯ އަލުން ސޮކޮޑަށް

ރިޗާލިސަން އަދި އެންޓޮނީ އަށްވެސް ވަނީ ސްކޮޑުން ޖާގަ ލިބިފައި

22 hours ago - 08:15
May 27, 2025 - 08:28

ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފަޔާސްގެ މެޗުތަކަަށް ބްރެޒިލްގް ޤައުމީ ޓީމަށް އާ ކޯޗު ކާލޯ އަންޗެލޮއްޓީ ނެގި ޓީމުން ނޭމާ ބާކީވެ, ކަސެމީރޯ, ރިޗާލިސަން އަދި އެންޓޮނީ އަށް ޓީމުން ޖާގަ ލިބިއްޖެއެވެ. 

ވޯލްޑް ކަޕް ކޮލިފަޔާސްގައި ބްރެޒިލްގެ ޤައުމީ ޓީމުން އަންނަ މަހު 10ގައި ޕެރަގުއާއީއާ ދެކޮޅަށް ނިކުތުމުގެ ކުރިން 5 ވަނަ ދުވަހު އިކުއެޑޯއާ ބައްދަލުކުރާނެއެއެވެ.

ބްރެޒިލްގެ ޤައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ނޭމާ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ސަލާމަތްވެ, އޭނާ މިހާރު ކުޅޭ ސަންތޯސް އެންމެ ފަހުން ކުޅުނު ދެ މެޗުން ފެނިފައި ވެއެވެެ. ބްރެޒިލްގެ ޤައުމީ ޓީމުގެ މެޗެއްގައި ފާއިތުވި އޮކްޓޯބަރު މަހު ލިބުނު އަނިޔާއަކާ ގުޅިގެން ކަކުލުގެ އޭސީއެލް އަދި މެނިސްކަސް ސާޖަރީ އެއް ހަދާ ގިނަ ދުވަސްތަކެއްވަންދެން ނޭމާ ކުޅުމާ ދުރުގައި ހުރިއިރު އޭގެ ފަހުން ނޭމާ ޤައުމީ ޓީމުން ފެނިފައެއް ނުވެއވެެ.

"އަހަރެން ބެލީ ރަނގަޅު ހާލަތުގައި ތިބި ކުޅުންތެރިން  ނަގަން. ނޭމާ އަށް ވަރަށް ފަހުން ވަނީ އަނިޔާވެފައި. އެންމެންނަށްވެސް އެނގޭ ނޭމާ އަކީ ކިހާ މުހިއްމު ކުޅުންތެރިއެއްކަން. އޭނާ އަކީ އަބަދުވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް މުހިއްމު މީހެއް" އަންޗެލޮއްޓީ ބުނެފައި ވެއެވެ.

Advertisement
Advertisement

2023 އޮކްޓޯބަރު މަހުގެ ފަހުން ބްރެޒިލްގެ ޤައުމީޓީމުން ޖާގަ ލިބިފައި ނުވާ ކަސެމީރޯ އަދި ރިޗާލިސަން އަށް އަންޗެލޮއްޓީ ވަނީ މިފަހަރުގެ ސްކޮޑުން ޖާގަ ދީފައެވެ. އަދި އެންޓޮނީވެސް ވަނީ ސްކޮޑްގައި ހިމަނާފައެވެ.

"އަަހަރެން ޤަބޫލުކުރާ ގޮތުގައި އޭނާއަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. އޭނާ އެކީގައި ހުރުމަކީ ނަސީބެއް. އަހަންނަށް ހީވަނީ ޤައުމީޓީމަށް އެކަހަލަ އަޙްލާގު ރަނގަޅު, ޝަޙްސިއްޔަތާއި ހުނަރުހުރި ކުޅުންތެރިން ބޭނުންވާހެން. ބްރެޒިލް އަކީ އަބަދުވެސް ހުނަރުވެރި ކުޅުންތެރިން ތިބޭ ތަނެއް" ބްރެޒިލްގެ ޤައުމީޓީމަށް 75 މެޗު ކުޅެދީފައިވާ އަދި އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑަށް ކުޅުނު ކަސެމީރޯ އާ ބެހޭގޮތުން އަންޗެލޮއްޓީ ބުނެފައި ވެއެވެެ.

ކަސެމީރޯއަށް ތައުރީފުކުރަމުން އަންޗެލޮއްޓީ އިތުރަށްބުނީ މިހާރުގެ ފުޓްބޯޅައިގައި ހުނަރުގެ އިތުރުން 'އެޓިޓިއުޑް', 'ކޮމިޓްމަންޓް' އަދި 'ސެކްރިފައިސް' ބޭނުންވާ ކަމަށާއި ކަސެމީރޯ އަކީ އެހުރިހާކަމެއް ފުރިހަމަ ކުޅުންތެރިއެއް ކަމަށެވެ. އަދި ޓީމަށް ނެގި ގިނަ ކުޅުންތެރިންނަކީވެސް އެކަންކަން ފުރިހަމަވާ ކުޅުންތެރިން ކަމަށްވެސް އަންޗެލޮއްޓި ބުނެފައި ވެއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow