
އިޒްރާއިލްއިން ހިފާފައިވާ ގުދުސްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ޔަހޫދީ އާބާދީތަކާ ދިމާލަށް މިސްރާބު ޖަހައިފި
މީގެ ފަސް ގަޑިއެއްހާ ކުރިން ގުދުސްގެ ފަރުބަމަތީ ސަރަހައްދުގައި ރޯވި އަލިފާންގަނޑު, އިޒްރާއިލްގެ ޔަހޫދީ އާބާދީތަކާ ދިމާއަށް މިސްރާބު ޖަހާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިޒްރާއިލްގެ ސިފައިންގެ ވެރިޔާ އެއަލް ޒަމިރް އަދި ދިފާއީ ވަޒީރު އިޒްރާއިލް ކަޓްޒް ވަނީ އަލިފާން ނިންވުމަށް އިތުރު ފައުޖުތައް ފޮނުވާ, އަވައްޓެރި ގައުމުތަކާއި ވިލާތުގެ ގައުމުތަކުގެ މަދަދަށް އެދިފައެވެ.
"އަހަރެމެންނަށް ޤައުމީ ކުއްލިހާލަތެއް މެދުވެރިވެއްޖެ. އަހަރެމެންގެ ލިބެންހުރި ހުރިހާ ބާރެއް މީހުން ސަލާމަތް ކުރުމަށާއި, އަލިފާން ނިއްވުމަށް ބޭނުންކުރަމުން މިދަނީ" ކަޓްޒްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އިޒްރާއިލްގެ ހާރިޖީ ވަޒީރު އަވައްޓެރި ޤައުމުތަކުގެ މަދަދަށް އެދިފައިވާއިރު އެންމެ ކައިރީގައިވާ އަވައްޓެރި ދެގައުމު ކަމަށްވާ ލުބުނާން އަދި ސީރިއާއަށް މި ހަފުތާގައިވެސް އިޒްރާއިލްއިން ވަނީ އެތައް ވައިގެ ހަމަލާތަކެއް ދީފައެވެ.
އަލިފާން ކޮންޓްރޯލް ނުވެ, ޔަހޫދީ އާބާދީތަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު, އިޒްރާއިލްގެ މައި ހައިވޭ މިހާރުވަނީ ބަންދުކޮށްފައެވެ. ސަހަހައްދުގައި އުފެދިފައިވާ ބޯ ދުންތަކާއެކު އާންމުން, އެމީހުންގެ އުޅަނދުތައް ހައިވޭއަށް ދޫކޮށްދާ މަންޒަރުވެސް ވީޑިއޯތަކުން ވަނީ ފެނިފައެވެ. އަލިފާންގަނޑު އިޒްރާއިލްގެ މިލިޓަރީ ބޭސްއަކަށް މިހާރު ފޯރާފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ. ޔަހުދީ ސިފައިންތިބި މިލިޓަރީ ބޭސްގެ ވަށައިގެން އަލިފާންގަނޑު ރޯވެފައިވާއިރު އެތެރޭގައި ސިފައިންވެސް ތިއްބިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެސަރަހައްދުގައި އިންތިހާއަށް ހޫނު ގަދަ ވެފައިވާއިރު ގަދަ ވަޔާއެކު އަލިފާންގަނޑު އިތުރަށް ފެތުރިގެންދާނެކަމަށްވެސް ވަނީ ބެލެވިފައެވެ. މިހާރުވެސް ގިނަ އަވައްތަކުން މީހުން ހުސްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ބައެއް ހަބަރުތައް ބުނާގޮތުން އިޒްރާއިލްގެ ބައެއް ސަރަހައްދުތަކަށް ވެލީގެ ތޫފާނެއްގެ އަސަރުތައްވެސް ދަނީ ކުރަމުންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ވެލީގެ ތޫފާނާއެކު އިޒްރާއިލްގެ ޖައްވުގެ ބޮޑު ބައެއް ވަނީ ފުސްވެފައެވެ.
ރިއެކްޝަންސް






