ނޮވެމްބަރު އަންނަން ވާއިރަށް އިގްތިޞާދީ ހާލަތު ރަނގަޅު ވާނެ, ރިޒާވް ރަނގަޅު ކުރެވޭނެ- ރައީސް
ރައީސް މުއިއްޒު ޕީއެންސީ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ-ޕީއެންސީ

ނޮވެމްބަރު އަންނަން ވާއިރަށް އިގްތިޞާދީ ހާލަތު ރަނގަޅު ވާނެ, ރިޒާވް ރަނގަޅު ކުރެވޭނެ- ރައީސް

ބީއެމްއެލް ބޯޑުން އެގޮތަށް ނިންމި މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވު

21 days ago - 23:21
Advertisement

މިއަހަރުގެ ނޮވެމްބަރު މަސް ފެށުމުގެ ކުރިން ރާއްޖޭގެ ރިޒާވްއާއި އިގްތިސާދު ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނޮވެމްބަރުގެ ކުރިން ރިޒާވްވެސް ރަނގަޅު ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވރެސް ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ގޯސްކޮށް, އިގްތިސާދީ ފުން ވަޅުގަނޑެއްގައި ކަމަށެވެ. ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ކޮށްފައިހުރި އެތައް މަސައްކަތަކަށް އެތައްހާސް މިލިއަން ރުފިޔާއެއްގެ ބިލްތައް ހުރީ ނުދައްކާ ކަމަށެވެ. ރައީސް ވިދާޅުވީ އިގްތިސާދަށް ދިރުން އަންނާނީ އެފައިސާ ސަރުކާރަށް ދެވެމުން ދާވަރަކަށް ކަމަށެވެ. ރައީސް ވިދާޅުވި, އިގްތިސާދު ރަނގަޅުވެ, ފުޅާވެގެން އާރޯކަން އަންނާނެ ކަމަށެވެ. އެމަސައްކަތް ހަރުދަނާ ބިންގަލުގެ މަތީގައި ކުރަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދު ގޯސްވީ ފައިސާ ޗާޕްކޮށް, ބޮޑު އިންޓަރެސްޓްގައި ލޯނުތައްވެސް ނެގުމުން ކަމަށެވެ. އަދި ކޮވިޑް ތެރޭގައި އިސްރާފް ބޮޑުވުމަކީވެސް އިގްތިސާދު ގޯސްވި ސަބަބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

" އަޅުގަނޑު ރައްޔިތުންނަށް ދޭ ޔަގީންކަމަކީ މިއަހަރުގެ ނޮވެމްބަރު މަސް އަންނަންވާއިރަށް އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެންގެ ރިޒާވް ރަނގަޅުކޮށް އަޅުގަނޑުމެންގެ އިގްތިސާދަށް މިދެންނެވި ރަނގަޅު ކުރިއެރުންތައް ގެނެސްދީ، މިދެންނެވި ބިލުތަކަށް ރައްޔިތުންނަށް ފިނޭންސް މިނިސްޓްރީން ޕޭމަންޓްތައް ހަދައި. މި ޕޭމަންޓްތައް ލިބެންހުރި ކުންފުނިތަކަށް ފައިސާ ދޭނަން." ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުން މިރޭ ޢާއްމުކުރި ބަޔާނަށްވެސް ބާރު ދެއްވާފައެވެ. ވިދާޅުވީ ބޭންކްގެ ނިންމުމަކީ މާކުރިންސުރެ ރޭވިގެން ގެންނަން އުޅުނު ބަގާވާތެއް ކަމަށެވެ. ރައީސް ވިދާޅުވީ ބީއެމްއެލް ބޯޑުން އެނިންމުން ނިންމާ އިއުލާނުކުރީ އެގޮތަށް އަމަލުނުކުރަން އިރުޝާދު ދެއްވަމުން ގެންދަވަނިކޮށް ކަމަށެވެ. އެމައްސަލަ ބައްލަވާނެ ކަމަށް ރައީސްވެސް ވިދާޅުވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement