އީސީގެ މެމްބަރު ކަމަށް ޞަލާހު އާއި ޒާހިދު އައްޔަން ކުރައްވައިފި
އިލެކްޝަން ކޮމިޝަނަށް އައްޔަންކުރެއްވި ދެމެމްބަރުން ހުވާކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އީސީގެ މެމްބަރު ކަމަށް ޞަލާހު އާއި ޒާހިދު އައްޔަން ކުރައްވައިފި

1 year ago - 11:23
Jan 26, 2025 - 11:23
Advertisement
Advertisement

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުޙައްމަދު ޒާހިދު އާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވި މުޙައްމަދު ޒާހިދު، (ދަފުތަރު ނަންބަރު ރސ 1548) އަކީ ހިޔުމަންރައިޓްސް ކޮމިޝަންގެ ނައިބުރައީސްކަން ކުރިން ކުރެއްވި ބޭފުޅެކެވެ. އަދި ކ.ހުރާ, ރޯޒް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އަކީ އިލެކްޝަން ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްކަން ކުރިން ކުރެއްވުމަށްފަހު ފަހުން ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީކަން އަދާކުރެއްވި ބޭފުޅެކެވެ.

މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ދެ މެމްބަރުންނާ ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، މުޙައްމަދު ޒާހިދާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއި ކުރައްވައިފައެވެ.

އިލެކްޝަން ކޮމިޝަންގެ ދެ މެމްބަރުންގެ މަގާމް ހުސްވީ އެކޮމިޝަންގެ ދެ މެމްބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement