އޭސީސީގެ މެމްބަރު ކަމަށް  އަހުމަދު ނާޝިދު އާއި ޢަބްދުالله ނާޝިދު އައްޔަން ކުރައްވައިފި
އޭސީސީގެ މެމްބަރު ކަމަށް އައްޔަންކުރެއްވި ދެބޭފުޅުން ހުވާކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އޭސީސީގެ މެމްބަރު ކަމަށް އަހުމަދު ނާޝިދު އާއި ޢަބްދުالله ނާޝިދު އައްޔަން ކުރައްވައިފި

1 year ago - 11:29
Jan 26, 2025 - 11:29
Advertisement
Advertisement

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް އަހުމަދު ނާޝިދު އާއި ޢަބްދުالله ނާޝިދު އައްޔަން ކުރައްވައިފި އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު އައްޔަންކުރެއްވި މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ރ. އަލިފުށި، ފަސާނާ، ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޢަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ.

އޭސީސީގެ ދެ މެމްބަރުންގެ ގޮނޑި ހުސްވީ ދެމެމްބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ވޯޓަށް އެހުމުގެ ކުރިން ދެ މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement