ވަކިކުރަނީ "ޕާފޯމް" ނުކުރެވިގެނެއް ނޫން: ޕީ.ޖީ ޝަމީމް

ވަކިކުރަނީ "ޕާފޯމް" ނުކުރެވިގެނެއް ނޫން: ޕީ.ޖީ ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޝަމީމް ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ވަނީ ފާސް ކުރައްވާފަ

25 days ago - 15:38
Aug 22, 2024 - 15:40
Advertisement

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން އޭނާ ވަކި ކުރަން ނިންމާފައިވަނީ "ޕާފޯމް" ނުކުރެވިގެން ނޫން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝަމީމް ވިދާޅުވީ އޭނާ މަގާމުން ވަކި ކުރައްވަނީ އޭނާގެ ޒިންމާ އަދާނުކުރެވޭތީ ނޫން ކަމަށެވެ.

ޝަމީމް ވިދާޅުވީ އޭނާ ޕްރޮސެކއިޓަރ ޖެނެރަލްގެ މަގާމާ ހަވާލުވުމަށްފަހު އެއޮފީހުގެ ހިންގުން "ވަރަށް މަތީ ފެންވަރަކަށް" ގެންގޮސްފައިވާ ކަމަށާއި މަގާމުން ވަކި ކުރުމުގެ ކަންކަމަކީ ކިހިނެއް ހިނގާ ކަންކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޝަމީމް ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ވަނީ ފާސް ކުރައްވާފައެވެ.

Advertisement

އިތުބާރު ނެތް މައްސަލައިގަ ޖަވާބުދާރީ ވުމަށް މިއަދު ޖުޑިޝަރީ ކޮމެޓީއަށް ޝަމީމް ވަނީ ހާޒިރުވެސް ކޮށްފައެވެ.

އެހެން ނަމަވެސް ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ ކޮމެޓީ ބައްދަލުވުމުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވާފައި ނުވާކަމަށް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޕީގެ ގެ އިތުރުބާރު ގެއްލިފައިވާ މައްސަލައިގައި އޭނާއަށް މަޖިލީހުން ތުހުމަތު ކޮށްފައިވާ ކަންކަމަށް ބަލާއިރު ކުރީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުމާއި މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން ހިމެނެއެވެ.

މީގެ އިތުރުން ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުމާއި މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުންވެސް އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިއުމާއި އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިއުމުގެ އިތުރުން ކޮވިޑް19 ގެ ދުވަސްވަރު ހިނގައިދިޔަ ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުމާއި ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުންވެސް ޝަމީމްގެ އިތުބާރު ނެތް ކަމަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެހެން ނަމަވެސް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަމީމް ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement