
މ. މުލީ އެއަރޕޯޓްގައި 1000 ގަސް އިންދުމުގެ މަޝްރޫއެއް ރައީސް ފައްޓަވައިދެއްވައިފި
މިއީ ރައީސްގެ 5 މިލިއަން ގަސް އިންދުމުގެ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް
މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން މ. މުލީ އެއަރޕޯޓްގައި 1000 ގަސް އިންދުމުގެ މަޝްރޫއު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ.
މަޝްރުއޫ ފައްޓަވައިދެއްވަމުން މުލީ އެއަރޕޯޓް ސަރަހައްދުގައި ރައިސް އިންދަވައިދެއްވީ ބިޔަކޮށްހެދޭ ބާވަތުގެ ގަހެއްކަމަށްވާ ކިނބި ގަހެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތުގައި 5 މިލިއަން ގަސް އިންދަވާނެކަމަށް ރައިސް ވިދާޅުވީ 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަހާ ގުޅިގެން ބޭއްވި ކޮޕް 28 ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަމިޓްގައި ވާހަކަފުޅު ދައްކަވުން ރައިސް ވަނީ މިއީ ދިވެހިރާއްޖޭގެ ނާޒުކު ގުދުރަތީ ވެށި ހިމާޔަތްކުރުމަށާއި, އެވެށީގެ ދިރުންތައް ރައްކާތެރިކުރުމުގެ ގޮތުން ވެވަޑައިގަންނަވާ ވައުދެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެެވޭ އަސަރުތައް ކުޑަކުރެވި, މިހާރާއި އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ ކަމެއްކަމަށްވެސް ރައީސުލްޖުލްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޝަންސް






