މުއްޔާއި ނާލާފުށި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
ކޯޒްވޭ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން / ފޮޓޯ: ރައީސް އޮފީސް

މުއްޔާއި ނާލާފުށި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

11 months ago - 17:03
May 20, 2025 - 17:14
Advertisement
Advertisement

މ. މުއްޔާއި ނާލާފުށި ގުޅުވާލާ ކޯޒްވޭ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވީ ރައީސް މިހާރު މުއްޔަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރެވެ. 

ސަރުކާރުން ހާމަކުރައްވާފައިވާގޮތުގައި މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި 125.58 މިލިއަން ރުފިޔާއަށް 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 655 މީޓަރު ދިގުމިނުގެ ކޯޒްވޭއެއް އެޅުމާއި، ރިވެޓްމެންޓް އަދި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މ. މުއްޔާއި ނާލާފުށި ގުޅުވާލާ ކޯޒްވޭގެ މަސައްކަތަކީ އިޤްތިޞާދީ ގޮތުން މުހިންމު މަޝްރޫޢެއްކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ދެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement