މާފަރު އެއަޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިންގ 777 ގެ މަތިންދާބޯޓެއް ޖައްސައިފި
މާފަރު އެއަޕޯޓަށް އެމިރޭޓްސްގެ ފްލައިޓް ހައްސާފައި: ފޮޓޯ-ޓްރާންސްޕޯޓް މިނިސްޓްރީ

މާފަރު އެއަޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިންގ 777 ގެ މަތިންދާބޯޓެއް ޖައްސައިފި

5 hours ago - 19:56
May 20, 2025 - 19:56
Advertisement
Advertisement

މާފަރު އެއަޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ކަމަށްވާ ބޮއިންގ 777 ގެ މަތިންދާބޯޓެއް ޖައްސައިފިއެވެ. މިއަދު ހަވީރު މާފަރު އެއަޕޯޓަށް ޖެއްސި މިބޯޓަކީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސްގެ މުހިންމު މަރުހަލާއެއް ފުރިހަމަކުރަން ޖެއްސި ބޯޓެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަޕޯޓަށް ޖެއްސީ އެމިރޭޓްސްގެ ފްލައިޓެކެވެ. މިއީ މާފަރަށް އަދި ނ.އަތޮޅަށްވެސް ތާރީޚީ ދުވަހެކެވެ. އަދި ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށްވެސް މިއީ މުހިއްމު ދުވަހެކެވެ.

ފްލައިޓް މާފަރު އެއަޕޯޓަށް ޖައްސާ ޓެސްޓްކުރި ކަންކަމަކީ:

- ފްލައިޓް ޖެއްސުމާއި އުދުއްސާލުމުގައި ރަންވޭ ޓެސްޓް ކުރުން

Advertisement
Advertisement

- ގްރައުންޑް އެސެސްމަންޓް އެސެސްމަންޓާއި ތެޔޮ އެޅުމާއި ފަސިންޖަރުންނަށް ޚިދުމަތް ދިނުން އަދި ކާގޯ އޮޕަރޭޝަންސް

- ނެވިގޭޝަނާއި އެއާ ޓްރެފިކް ކޮންޓްރޯލް އޭވިއޭޝަން މިންގަނޑަށް ހުރިތޯ ކަށަވަރުކުރުން

މާފަރު އިންޓަރނޭޝަނަލް އެއަޕޯޓް ޓެސްޓް ކުރަނީ ދިގު ދަތުރުތަކަށް އެއަޕޯރޓް ބޭނުން ކުރަން ފެށުމަށެވެ. އެއަޕޯރޓް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އަޕްގްރޭޑްގެ މަސައްކަތްތައް ފަށާ އެމަސައްކަތް ނިންމާފައެވެ. މިހާރު މާފަރު އިންޓަރނޭޝަނަލް އެއަޕޯޓްގައި މިހާރު 2.8 ކިލޯ މީޓަރު ރަންވޭ އެއް އެބައޮތެވެ. އަޕްގްރޭޑް ކުރުމުގެ ކުރިން އެއީ 2.2 ކިލޯ މީޓަރު ރަންވޭއެކެވެ. އެހެންކަމުން މާފަރު އެއަޕޯޓަށް އެންމެ ބޮޑަތި ބޯތްކަމަށްވާ ބޮއިން 777 އަދި އެއާބަސް އޭ-380 ގެ ބޯޓްތައްވެސް ޖެއްސޭނެއެވެ.

ނ.އަތޮޅަކީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯރޓްތައް ހުރި އެއް އަތޮޅެވެ. 13 ރަށް ހިމެނޭ ނ.އަތޮޅުގެ އިގްތިސާދަށް މާފަރު އެއަޕޯޓަށް ގެނައި ބަދަލާއެކު ބޮޑު ކުރިއެރުމެއް އަންނާނެއެވެ. މާފަރު އެއަޕޯޓަކީ 2019 ވަނަ އަހަރު ހުޅުވި އެއަޕޯޓެކެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement