
އިންޑިއާއިން 2036 ގެ އޮލިމްޕިކްސް ބާއްވަން އަމާޒު ހިފައި 2030ގެ ކޮމަންވެލްތް ގޭމްސް ބޭއްވުމުގެ ޝައުޤު ފާޅުކޮށްފި
ިންޑިއާއިން 2030 ގެ ކޮމަންވެލްތް ގޭމްސް އެ ޤައުމުގައި ބޭއްވުމުމުގެ ޝައުގުވެރިކަން ފާޅުކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ރަސްމީކޮށް ހުށަހަޅައިފިއެވެ. ނަމަވެސް މިއީ 2036 ގެ އޮލިމްޕިކްސް އެޤައުމުގައި ބޭއްވުމަށް އަމާޒުހިފައި އެކަމަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއިން ކުރިއަށް އެޅި ފިޔަވަޅެކެވެ.
އިންޑިއާއިން މިހާތަނަށް އަދި އޮލިމްޕިސް ގޭމްސް އެގައުމުގައި ބާއްވާފައެއް ނުވެއެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ކޮމްންވެލްތު ގޭމްސް ވަނީ ނިއު ދިއްލީގައި ބާއްވާފައެވެ. އެ އިވެންޓަކީ ކާމިޔާބު އިވެންޓެއްނަމަވެސް ގޭމްސްބޭއްވުމުގެ ތެރޭގައި ބޮޑެތި ކަރަޕްޝަނާއި, މެނޭޖްނުކުރެވުމުގެ ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައި ވެއެވެ.
އެފަހަރު ޖަވާހިރްލާލް ނެހްރޫ ސްޓޭޑިއަމް މައި ސްޓޭޑިއަމްގެ ގޮތުގައި ކުޅިވަރުގެ ބޮޑު ހަރަކާތް 12 ދުވަސްވަންދެން ބޭއްވުމަށް ހަ ބިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ.
"އަހަރެމެން މިޤައުމުގައި ގޭމްސް ބާއްވަން ބޭނުންވާކަމުގެ ޝައުގު ރަސްމީކޮށް ފާޅުކޮށްފިން. އަހަރެމެން އުއްމީދުކުރަން ކޮމަންވެލްތް ގޭމްސް ފެޑެރޭޝަނުން އަހަރެމެންގެ ހުށަހެޅުން ބައިގަންނާނެކަމަށް" އިންޑިއަން އޮލިމްޕިކްސް އެސޯސިއޭޝަންގެ ރައީސް ޕީ.ޓީ އުޝާ މިއަދު ރޮއިޓާސްއަށް ބުނެފައި ވެއެވެ.
މިއަންނަ އަހަރު ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސިޓީން ގޭމްސް ބޭއްވުމަށް ދާ ހަރަދު ބޮޑުވެ, ނިންމުން އަނބުރާ ގެންގޮސްފައި ވުމުގެ ސަބަބުން ދެން ގޭމްސް ބާއްވާނި ސްކޮޓްލޭންޑްގެ ގްލެސްގޯ ގައެވެ.
2022 ވަނަ އަހަރުވެސް ސައުތު އެފްރިކާގައި ބޭއްވުމަށް ހަމަޖެހުނު ގޭމްސް ބަރމިންހަމް އަށް ބަދަލުކުރީ މާލީ ދަތިތަކާ ހުރެ ސައުތް އެފްރިކާއިން ބިޑް އަންބުރާ ގެންދިއުމުންނެވެ.
2023ގެ އޮލިމްޕިކްސް ގޭމްސް ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ މުއްދަތު ހަމަވާނީ 31 މާޗް 2025 ގެ ނިޔަލަށެވެ.
ރިއެކްޝަންސް






