ޕީއެންސީ އަންހެނުންގެ ގޮފިން އައްޑޫ ސިޓީގެ ޑަބްލިއުޑީސީ ކެނޑިޑޭޓުންނާ ބައްދަލުކޮށްފި

ޕީއެންސީ އަންހެނުންގެ ގޮފިން އައްޑޫ ސިޓީގެ ޑަބްލިއުޑީސީ ކެނޑިޑޭޓުންނާ ބައްދަލުކޮށްފި

7 hours ago - 20:43

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަންހެނުންގެ ގޮފި ނުވަތަ ވިމެންސް ވިންގުގެ ފަރާތުން، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީން ވާދަކުރާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.


މި ބައްދަލުވުމަކީ ކުރިއަށް އޮތް އިންތިޚާބުގައި ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީތަކަށް ޕީއެންސީގެ ޓިކެޓުގައި އައްޑޫ ސިޓީން ވާދަކުރައްވާ ކެނޑިޑޭޓުންނަށް މަޢުލޫމާތު ދިނުމަށާއި، އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. 


ބައްދަލުވުމުގެ ތެރެއިން މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓަށް ރައްޔިތުން އަހުލުވެރިކުރުވުމާ ގުޅޭގޮތުންނެވެ. އަދި ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކުގެ ޤާނޫނީ މަސްއޫލިއްޔަތުތަކާއި، އެ ކޮމިޓީތަކުން އަދާކުރަންޖެހޭ ދައުރާ ގުޅޭގޮތުން ބައިވެރިންނަށް ވަނީ ތަފްޞީލީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، އަންހެނުންގެ ދައުރު ސިޔާސީ އަދި އިޖުތިމާޢީ ދާއިރާގައި ފުޅާކުރުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ މިފަދަ ޙަރަކާތްތަކަކީ، ކުރިއަށް އޮތް އިންތިޚާބުގައި ޕާޓީއަށް ކާމިޔާބީ ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. 


މި ބައްދަލުވުމުގައި ޕީއެންސީގެ އިސް ބޭފުޅުންނާއި، އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ގިނަ އަދަދެއްގެ ކެނޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow