ޤަތުލްއާންމު ކުރިއަށް! ހަމަލާތައް މެދުކަނޑާލުމާ ގުޅޭ އެއްބަސްވުމަށް ހަމާސްއިން ޖަވާބު ދީފި
ކަފުންކޮށްފައިވާ ހަށިތަކަކާއެކު އެމްބިއުލާންސެއްގެ ތެރޭގައި މީހަކު އިޑިއިނދެލައިގެން. ފޮޓޯ: އޭއެފްޕީ

ޤަތުލްއާންމު ކުރިއަށް! ހަމަލާތައް މެދުކަނޑާލުމާ ގުޅޭ އެއްބަސްވުމަށް ހަމާސްއިން ޖަވާބު ދީފި

2 days ago - 22:11
May 31, 2025 - 22:47

ހަމަލާތައް މެދުކަނަޑާލުމުގެ އެއްބަސްވުން ރިވިއުކުރަމުން ދަނިކޮށް އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤައުލްއާންމުގައި މިއަދުވެސް  60 މީހުން ޝަހީދުކޮށްލައިފިއެެވެ.

 އެމެރިކާ މެދުވެރިގެން ހަމަލާތައް މެދުކަނޑާލުަމަށް އެކުލަވާލި އެއްބަސްވުމުގެ ދެލިކޮޕީއަށް ހަމާސްގެ ޖަވާބު އެއްބަސްވުމުގެ މެދުވެެރިންނަށް ދީފި ކަމުގައި އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. އެނޫހުން ބުނި ގޮތުގައި ހަމާސްގެ އިން އެއްބަސްވެފައިވަނީ މުޖާހިދުންގެ ޖަމާއަތްތަކުން ރަހީނުކޮށްފައިވާ 10 މީހަކު ދިރިތިއްބާ މިނިވަންކުރުމެވެ. 

މީގެ އިތުރުން ހަމާސްއިން އެދޭ އަދަދަކަށް އިޒްރާއިލްގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ އަސީރުން މިނިވަންކުރުމާއި އެކު ހަމާސްގެ ބެލުމުގެ ދަށުގައި އޮތް 18 ރަހީނުންގެ ހަށިގަނޑު އިޒްރާއިލްއާ ހަވާލު ކުރުމެވެ.

ފާއިތުވި 48 ގަޑިއިރު އިޒްރާއިލްއިން ވަނީ އުތުރު އަދި އިރުމަތީ ޣައްޒާގައި ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ޣަައްޒާގެ މަދަނީ ދިފާއުގެ ތަރުޖަމާނު މަޙްމޫދު ބަސަލް އާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވާގޮތުން އުތުރު ޣައްޒާގެ 60 ގެއަކަށް އިޒްރާއިލްއިން ވަނީ ބޮންއަޅާފައެވެ. އޭގެތެރޭގައި އާންމުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުންނަ ހިސާބުތައްވެސް ހިމެނޭކަމަށް އެ ނޫހުން ބުނެފައި ވެއެވެ.

Advertisement
Advertisement

މީގެ އިތުރުން އުުތުރު ޣައްޒާގައި އެއްގަމު އުޅަނދުތަކަށް އަމާޒުކޮށްވެސް އިޒްރާއިލްއިން ގިނަ ހަމަލާތައް ދީފައިވާ ކަމުގައި ރިޕޯޓްކޮށްފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow