
ފަސްތަރީގެ މޮޅަކާއެކު ފުރަތަަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޕީއެސްޖީން ޔޫރަޕް ފުޓްބޯޅައިގެ ތަޙްތަށް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ 5-0 ން އިން އިންޓަރ މިލާން ބަލިކޮށް ފުރަތަމަ ފަހަރަށް ލީގުކާމިޔާބުކުރުމާއިއެކު ޕީއެސްޖީން ޔޫރަޕް ފުޓްބޯޅައިގެ ރަސްކަމަށް އިސްވެއްޖެއެވެ. މިއީ 1956 ން ފެށިގެން މުބާރާތުގެ ފައިނަލްގައި މިހާ ތަފާތު ބޮޑުކޮށް ޓީމެއް މޮޅުވި ފުރަތަމަ ފަހަރުވެސް މެއެވެ.
ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއި އެކު މިސީޒަންގައި ކްލަބުން ވަނީ 'ޓްރެބަލް' ވެސް ހާސިލްކޮށްފައެވެ.މިސީޒަންގެ ފްރާންސް ލީގު ތައްޓާއި ފްރެންޗް ކަޕްވެސް ކާމިޔާބުކުރީ ޕީއެސްޖީންނެވެ.
އަލިއާންޒް އެރީނާގައި ކުރީގެ ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ޕިއެސްޖީއަށް 19 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ މޮރޮކޯގެ އަޝްރަފް ހަކީމީއެވެ.ޕީއެސްޖީގެ ދެވަނަ އަދި ތިންވަނަ ގޯލް ކާމިޔާބުކޮށް ލީޑުނެގުގުމުގައިވެސް ހަކީމީއަށް އެހީވި ޒުވާން ކުޅުންތެރިޔާ ޑީސަޔާ ޑުއޭ އަކީ 1962 ގެ ފަހުން ޗެމްޕިއަންސް ލީގު ފައިނަލެއްގައި ގޯލްޖެހި ފުތަރަމަ ފުރާވަރުގެ ކުޅުންތެރިޔާއެވެ. ކުރިން މި ރިކޯޑް އޮންނަނީ ބެންފީކާގެ ޔުސޭބިއޯ އަތުގައެވެ.
ޕީއެސްޖީގެ ހަތަރުވަނަ ގޯލް ކްވިޗާ ކްވަރަޝްކޭލިއާ 73 ވަނަ މިނިޓްގައި ކާމިޔާުކުރިއިރު, ފަހު ގޯލް 86 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ސެނީ މޭޔުލޫއެވެ. ދެ ގޯލެއް ކާމިޔާބުކުރުމުގައި އޮސްމާން ޑެމްބެލޭ ވަނީ ފުރުޞަތު ތަނަވަސްކޮށްދީފައެވެ.
ޖެނުއަރީ މަހު އިޓަލީގެ ނަޕޯލީއިން އިންޓަރ އަށް ބަދަލުވި ކްވަރަޝްކޭލިއާ އިންޓަ އާއެކު މޮޅު ކުޅުމެއް އަންނަނީ ދައްކަމްނެވެ. ނަޕޯލީން އިޓަލީ ލީގު ކާމިޔާބުކޮށް, ޕީއެސްޖީން ފްރެންޗް ލީގުކާމިޔާބު ކުރުމާއެކު އޭނާއަށް އެއް ސީޒަނެއްގައި ދެ ޤައުމުގެ ލީގުގެ ރަންމެޑަލްވެސް ވަނީ ލިބިފައެވެ.
އިންޓަރ އިން އެޓޭކަށް އިސްކަންދީގެން ކުޅުނު މި މެޗުގައި ފުރަތަމަ ދެ ހަމަލާ ފެނިގެން ދިޔައީވެސް ކޯނަރުގައެވެ. ކައުންޓަރ އެޓޭކުގައި ގޯލެއް ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރިނަމަވެސް ޑިފެންޑަރު ފްރެންޗެސްކޯ އަސޭބީ އަދި މާކަސް ތުރާމް ބޮލުން ޖަހާ ފޮނުވާލީ ބޯޅަތައް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.
2010 ގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިންޓަރ, ޖެހި ޖެހިގެން ދެ ޗެމްޕިއަންސް ލީގު ފައިނަލުން ވަނީ ބަލިވެފައެވެ. މިދިޔަ ސީޒަންގައި އިންޓަރ ބަލިކޮށް ތަށި އުފުލާލީ މެންޗެސްޓަރ ސީޓީންނެވެ.
ޤަތަރުގެ މަހުޖަނެއް މީގެ ދިހަ އަހަރު ކުރިން ޕީއެސްޖީގެ ބޮޑު ހިއްސާއެއްގަނެ ޗެމްޕިއަންސްލީގު ހޯދުމަށް ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ވަނީ މޮޅެތި ކުޅުންތެރިން ކްލަބަށް ގެނެސް ބޮޑެތި ހޭދަތަކެއްކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ލަޔަނޮލް މެސީ, ނޭމާ, ޒްލަޓާން އިބްރަހިމަވޮޗް އަދި ކީލިއަން އެމްބާޕޭ ހިމެނެއެވެ.
ނަމަވެސް މީގެ ދެއަހަރު ކުރިން ފެށިގެން ޕީއެސްޖީއަން އަންނަނީ މަޝްހޫރު ކުޅުންތެރިންގެ ބަދަލުގައި ޒުވާންކުޅުންތެރިންނަށް ފުރުޞަތު ދީ ޒުވާން ސްކޮޑެއް ތަރައްޤީކުރަން މަސައްކަތް ކުރަމުންނެވެ.
ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ހާސިލްކުރަން މިދިޔަ ހޫނު މޫސުމުގައި ޕީއެސްޖީން އެކްލަބަށް ބަދަލުވި ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުށް އެކަމަށް މަރުހަބާ ކިޔާފައެވެ.
މިއީ 1993 ގައި މާސެލީ އިން ޔޫރަޕްގެ ފުޓްބޯޅާ މުބާރާތް ކާމިޔާބުކުރުމަށްފަހު ފްރާންސްގެ ކްލަބަކުން ޗެމްޕިއަންސް ލީގު ހާސިލްކުރި ދެވަނަ ފަހަރެވެ. މިފަހަރުގެ މި ކާމިޔާބީ އަކީ 2015 ގައި ބާސެލޯނާއަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ޕީއެސްޖީ ހޯދި ކާމިޔާބީއެެވެ. މިއާއެކު އެންރީކޭ ވަނީ މިތަށި ދެވަނަ ފަހަރށް ހޯދި ދެވަނަ ކޯޗުގެ މަޤާމްވެސް ހޯދާހައެވެ.
ރިއެކްޝަންސް






