
ބ.އަތޮޅު އޭދަފުށިން ޕާސްޕޯރޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި
ބ.އަތޮޅުން އޭދަފުށިން ޕާސްޕޯރޓް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. އަތޮޅު ވެރިކަން ކުރާ ރަށް އޭދަފުށީގައި ޕާސްޕޯރޓްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.
ރައީސުލްޖުމްހޫރިއްޔާ ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އޭދަފުށީގައި ބޭއްވެވި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޭދަފުށީ އިމިގްރޭޝަން އޮފީސްވެސް ހުޅުއްވައިދެއްވާފައެވެ.
އޭދަފުށި އިމިގްރޭޝަން އޮފީހުން ފުރަތަމަ ޕާސްޕޯރޓް ދޫކުރެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާން އެވެ. ރާއްޖޭގެ ހުރިހާ އަތޮޅުތަކުން ޕާސްޕޯރޓްގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުން މިޚިދުމަތް ދިނުމަށް ސަރުކާރުން ދަނީ މަސައްކަތްތައް ކުރަމުންނެވެ.
ރިއެކްޝަންސް






